5. އިރުމައްޗަށް ކުރެއްވި ދަތުރުފުޅު: ބޮލޮޗިސްތާނު އާއި ހިންދުކުޝްގެ ކެމްޕޭން
 
ސައިރަސްގެ ދުވަސްވަރުގެ ބެކްޓްރިއާ އަކީ މިހާރުގެ އަފްއާނިސްތާނާއި  އަދި ތަޖިކިސްތާން އާއި އުޒެބެކިސްތާނު ގެ ބައެކެވެ. ޖޯގްރަފީގޮތުން އިރާދެކުނުން މި ސަރަހައްދު ވަކިވެފައިވަނީ ހިންދުކުޝް ފަރުބަދަތަކުންނެވެ. މިސަރަހައްދުގެ ހުޅަނގުން އޮންނަނީ ބިޔަ ކަރުމާނިއާ ސަހަރާ ބިމެއެވެ، އުތުރުން އޮކްސަސް (އަމޫ ދަރިޔާ) ކޯރާއި ހަމަޔަށް ބެކްޓްރިއާގެ ބިން ފޯރައެވެ.
 
އެހެންކަމުން 542 ބީ.ސީ. ގައި ހަނގުރާމައިގެ ލަޝްކަރަކާއިގެން ވަޑައިގެން ދެކުނު ބޮލޮޗިސްތާނުގެ ދެކުނު މަކަރަން ކޯސްޓް ނުވަތަ އައްސޭރި ސަރަހައްދު ހިއްޕެވިއެވެ. އަދި މަކަރަން ގެ އިރަށް (ޚަލަތް، ޚުޒްދަރު އަދި ޕާނިގަރު ސަރަހައްދު) އަކީމަނީޑް އެމްޕަޔާރގެ ދަށަށް ފަހުން ގެންނެވީ 518 ބީ.ސީ. ގައި ޑާރިސް 1 އެވެ. އަދި ސިންދުގެ ކޯސްޓުން އަރަބި ކަނޑާ ހަމަޔަށް ހިއްޕަވާ ޕްރޮވިޝަން ކެޕިޓަލްތަކެއް ޑާރިސް 1 ޤާއިމްކުރެއްވިއެވެ. 
 
 
 
ބޮލޮޗިސްތާން- ސޯސް: The University of Texas at Austin
 
ބޮލޮޗިސްތާނުގެ ސަރަހައްދަށް އީރާނުން ވަދެވެނީ ޚަރަން ޑެސާޓް ނުވަތަ ސަހަރާ ބިމުންނެވެ.  މި ބިމަކީ ޕާކިސްތާނުގެ އެންމެ ގިނަ މީހުން ދިރިއުޅޭ ސަހަރާބިމެވެ. ފާހަގަވާ މިންވަރަށް މީހުންނާއި ޖަނަވާރު މި ސަހަރާ ބިމުގައި ދިރި އުޅެއެވެ. މިހާރު މި ސަހަރާ ބިމުގައި ދިރިއުޅޭ މީހުންނަކީ ކޮންމެވެސް ވަރަކަށް ގޭގެވެސް އަޅައިގެން ސެމީ ނޮމެޑިކް ދިރި އުޅުމެއް އުޅޭބައެކެވެ. ނަމަވެސް ސައިރަސްގެ ދުވަސްވަރު ދިރިއުޅެފައިވަނީ މުޅިން ނޮމޮޑިކް ދިރިއުޅުމެއް ކަމަށް ބެލެވެއެވެ. މި ބައިމީހުންގެ ޖަނަވާރުތަކަށް ފެންހޯދުމަށާއި ކާން ދިނުމަށް އެއްތަނުން އަނެއްތަނަށް ހިޖުރަކުރެއެވެ، މިބައިމީހުންގެ ވަކިކަހަލަ ސަޤާފަތަކާއި އާދަކާދަތަކެއް ގެންގުޅެއެވެ. ސައިރަސްއަށް މިސަރަހައްދަށް ވަޑައިގެންނެވުނު ވަޤުތަކީ އިރުއަރައިގެން އައިވަޤުތު ކަމަށް ބެލެވެއެވެ. ގަސްމަދު ސަރަހައްދަކަށް ވުމުން ހިޔާވާނެ މާގިނަގޮތްތަކެއް މި ސަހަރާބިމުގައި އުޅޭ މީހުންނަކަށް ނުވެއެވެ. ތިރީގައިވާ ތަސްވީރުތަކުން އެކަން ހާމަވާނެއެވެ.
 
 
އިންޑަސް ކޯރުގެ ހުޅަނގުފަރާތުގައި އޮންނަ ބޮލަޮޗިސްތާނުގެ ޚަރަން ސަހަރާބިން (4): ސޯސް- Web Pakistan
 
 
ޕާކިސްތާނުގެ ޚަރަން ސަހަރާބިމުގައި ދިރިއުޅޭ ބަޔަކާއި އެބައިމީހުންގެންގުޅޭ ޖަމަލުތަކެއް
 
ثُمَّ أَتْبَعَ سَبَبًا ﴿٨٩﴾ حَتَّىٰ إِذَا بَلَغَ مَطْلِعَ الشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُم مِّن دُونِهَا سِتْرًا ﴿٩٠﴾
 
ދެން އޭނާ އެހެންމަގަކުން ކުރިޔަށް ވަޑައިގަތެވެ. އިރުއަރާތަނަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެހިނދު، قوم އެއްގެ މީހުންގެ މައްޗަށް އިރުއަރާތީ، އޭނާއަށް ފެނިވަޑައިގަތެވެ. އިރުގެ ހޫނުން ސަލާމަތްވާނެ އެއްވެސްކަހަލަ ނިވަލެއް ތިމަންރަސްކަލާނގެ އެއުރެންނަކަށް ނުލައްވަމެވެ. (ޤުރުއާން.  90 -89 :18).
 
ސައިރަސް އިންޑަސްކޯރުގެ ހުޅަނގުފަރާތުގެ ކެމްޕޭންގެ ފަހުގެ ދަތުރުގައި އެކޯރުގެ ހުޅަނގު އުތުރުގައި ދިރުއުޅުނު ޤަބީލާތަކުގެ ސަރަހައްދު ވެސް 550 ބީ.ސީ. ގައި އާކީމަނީޑް އެމްޕަޔާގެ ދަށަށް ގެންނަވާފައިވެއެވެ. މިގޮތުން ކާބުލްގެ ވާދީއާއި ގަންދާރާ ލައިގެން ހިންދުކުޝްގެ (އުތުރު ޕާކިސްތާނު، އަފުއާނިސްތާއި ތަޖިކިސްތާނު)  ފަރުބަދަމަތީ ސަރަހައްދު ހިއްޕެވިއެވެ. މިސަރަހައްދަކީ ބެކްޓްރިއާގެ ސަރަހައްދެވެ. ފަހުން އުތުރު ޕަންޖާބާއި ސިންދާއި ސައިރަސްގެ ދާރިކަލުން ޑާރިއަސް 1 އަކީމަނީޑް އެމްޕަޔާގެ ބާރުގެ ދަށަށް ގެންނެވިއެވެ.