ޔުނިވާރސް އަދި އިންސާނީ ނަސްލުގެ ނިމުން

Published: 19 November 2017, 8:10 PM (GMT) Author: Mohamed Jameel

ކިޔުއްވި ބޭފުޅުން: 12370

ފެށުން

އެކިއެކި މަޒުމޫނުތަކުންނާއި، ދީނީ ދަރުސުތަކުން އަދި ޓީވީއާއި ރޭޑީޔޯ ޕޮރޮގްރާމުތަކުން ޤިޔާމަތުގެ ވާހަކަ އަޅުގަނޑުމެން އަޑުއަހަމުއެވެ. އަދި ކީރިތި ޤުރުއާނުގެ އެކި ސޫރަތްތަކުގައި އާއި، ޚާއްސަކޮށް ސޫރަތުލް ޤިޔާމުގައި އެވާހަކަތައްވެއެވެ. މުސްލިމުންގެ މި ސެންޓްރަލް ތީމަށް އެތައްގިނަ ޢިލްމުވެރިން ލިޔުއްވާފައިވެއެވެ. ކީރިތި ޤުރުއާނުގައި “ވަޤުތު” ބަޔާންކުރައްވާފައިވަނީ ރެލެޓިވް އެއްޗެއްގެ ގޮތުގައެވެ. މިގޮތުން ބަލާއިރު ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ހާދިސާތަކަކީ އެވަޤުތު ޖެހޭއިރު ދުނިޔޭގައި އުޅޭ މީސްތަކުންނާއި ދިރުންވާއެއްޗެތިތަކަށް ކުރިމަތިވާ ހާދިސާތަކަކާއި، އަދި އިންސާނީ  ނަސްލު ނެތިދިޔުމާއި، އަލުން ދިރުއްވާ މަހުޝަރުކުރެއްވުމާއި، ހިސާބުބެއްލެވުމާއި އަދި އެބަޔަކު ދުނިޔޭގައި ކުރި ޢަމަލުތަކަށް އަޒާބާއި ސަވާބު ދެއްވާ ދުވަހެއްގެ ގޮތުގައެވެ. އަދި އޭގެ އިތުރުން ދުނިޔެ ފަނާވުމާއި ޔުނިވާރސްގެ ނެތިދިޔުމާއި ގުޅުންހުރި ހާދިސާތަކެއްވެސް ޤުރުއާނުގައިވެއެވެ. މިހުރިހާ ހާދިސާތައް ވަނީ ވަކިކްރޮނޮކޮޖިކަލް ތަރުތީބަކުން ނޫންކަމުގައިވިޔަސް އެއާއި މެދު ވިސްނާބަޔަކަށް މައިގަނޑުކަންކަން ތަރުތީބުކޮށްލެވޭނެއެވެ. މިގޮތުން ފުރަތަމަ ކަމެއްގެގޮތުގައި ޤުރުއާނުގައިވަނީ ޤިޔާމަތްވުން ކައިރިވެއްޖެކަމުގައި އަންގައިދޭ ހާދިސާތަކެވެ. މިގޮތުން ހަނދު އިރައިގެންދިޔަ ހާދިސާއެވެ. ދެން ޖިއޮލޮޖިކަލްގޮތުން ދުނިޔެއަށް އަންނައާދަޔާޚިލާފު ބަދަލުތަކަކާއިއެކު އިންސާނުނަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެއްގެ ވާހަކައެވެ. މި ހާދިސާތަކަށްފަހު، ދުނިޔެއިން އިންސާނުން ނެތިދިޔުމަށްފަހު، މަހުޝަރަށް ފޮނުއްވަވާއިރު ދުނިޔެއަށް ޖިއޮލޮޖިކަލް ގޮތުން ބޮޑުބަދަލުތަކެއް އައިސް، އަދި އުޑަށްވެސް ބަދަލުތަކެއް އަންނަވާހަކަތަކެވެ. އުޑަށް އަންނަބަދަލުތަކުން އަންގައިދެނީ މިލްކީވޭގެ ތަރިތަކަށް އަދި ޔުނިވާރސްއަށް ބަދަލުތަކެއް އަންނަކަމުގައެވެ. އޭގެފަހުގައި އިރާއި ހަނދުގުޅި އުޑު ފަޅައިގެންގޮސް ތަރިތައް ބުރައިގެންދާ ވާހަކަވެއެވެ. އަދި އެންމެފަހުން އުޑުތައް ފައްފަށްޖެހި ކުރިން ހުރިގޮތަށް ބަދަލުވާ ވާހަކައެވެ. ވުމާއިއެކު މިހާދިސާތަކަކީ މުޅި ޔުނިވާރސް ނިމިދާ ހާދިސާތަކެކެވެ. މީގެ އެއްހާދިސާ އަނެއް ހާދިސާއާއި ދެމެދު ޖިޔޮލޮޖިކަލް ޓައިމުން ބަލާއިރު އަހަރުތަކަކުން، މިލިޔަން އަހަރުތަކަކުން އަދި ބިލިޔަން އަހަރުތަކަކުންވެސް ގުނާލެވިދާނެއެވެ. ކީރިތި ޤުރުއާންގައި އުޑުތަކާއި ބިމާއި ދެމެދުގައި ވާހާތަކެތި 6 ދުވަހުން ހެއްދެވިކަމުގައިވެއެވެ. ނަމަވެސް މީގެ އެއްދުވަހަކީ ޖިއޮލޮޖިކަލް ޓައިމުން 1.55 ބިލިޔަން އަހަރެވެ.