Published: 1 September 2017, 6:10 PM (GMT)،Updated: 19 March 2023, Author: Mohamed Jameel

ކިޔުއްވި ބޭފުޅުން: 16759

އުޑު ދުމެއްގެ ސިފައިގައި ވަނިކޮށް މިފެންނަގޮތައް އުފެދުނީ ކިހިނެއް؟ 


ފެށުން

ކުރިން މީހުން ޤަބޫލުކުރަމުން އައީ އުޑަކީ ފަތިބިމެއްގެ ވަށައިގެންވާ ތޮށިގަނޑެއްފަދަ އެއްޗެއް ކަމުގައެވެ. ބޯތަށްޓެއް ބަންޑުން ޖެހުމުން އޮންނަގޮތަށް އުފެދިފައިވާ އެއްޗެއް ކަމުގައެވެ. ދުނިޔެއަކީ ވަށްއެއްޗެއްކަން ޔަޤީންވުމާއިއެކު ދެން ހީކުރަމުންއައީ އުޑަކީ ދުނިޔެއާއި ޕްލެންޓްތަކާއި ތަރިތަކުގެ ވަށައިލެވިފައިވާ ތޮށިގަނޑެއްފަދަ އެއްޗެއްކަމުގައެވެ. އަދި 7 އުޑަކީ ހަތްބުރި އިމާރާތެއްގެ ފޮލޯތައް ހުންނަގޮތަށް، މަތިމައްޗަށް ލެވިފައިވާ ތޮށިގަނޑުތަކެއް ކަމުގައެވެ. ކުރީގައި މިހެން ދެކެމުން އައިކަމުގައިވިޔަސް ސައެންސްގެ ހޯދުންތަކުަގެ އަލީގައި އަޅުގަނޑުމެން ދެކޭގޮތް މިހާރުވަނީ ބަދަލުވެފައެވެ. ކީރިތި ޤުރުއާނަކީ ހުރިހާ ޒަމާނަކަށް ފެތޭގޮތަށް ﷲ ބާވައިލައްވާފައިވާ ފޮތެކެވެ، އިންސާނުންގެ ޢިލްމު ކުރިއަރަމުން ދާވަރަކަށް ވިސްނާ މީހުންނަށް އެއާޔަތްތައް ފަހުމު ކުރެވޭގޮތަށް، ޤުރުއާނުގައި އެކިއެކި ވާހަކަތައް ބަޔާންކުރައްވާފައި ވެއެވެ.

ހަޤީގަތަކީ އަޅުގަނޑުމެންނަ މިފެންނައުޑަކީ ދެބިއް ފެންނަގޮތަށް ﷲ ހައްދަވައިފައި އެއްޗެކެވެ. ތޮށިގަނޑެއްފަދަ އެއްޗެއްނަމަ ބޮލަށް ނުވެއްޓި ހުންނަގޮތަކަށް ހަރުކުރެވިފައި ހުންނަން ޖެހޭނެއެވެ. ކީރިތި ޤުރުއާންގެ سورة الرعد ގެ 2 ވަނައާޔަތް ބައްލަވާލައްވާށެވެ.

اللَّـهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ يُدَبِّرُ الْأَمْرَ يُفَصِّلُ الْآيَاتِ لَعَلَّكُم بِلِقَاءِ رَبِّكُمْ تُوقِنُونَ ﴿٢﴾

اللَّه އީ، ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ استواء ވެވޮޑިގަތެވެ. އަދި އިރާއި، ހަނދު خدمة ތެރި ކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. ހުރިހާ ކަމެއް އެކަލާނގެ تدبير ކުރައްވަތެވެ. آية ތައް تفصيل ކޮށްދެއްވަތެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭކަން، ތިޔަބައިމީހުން يقين ކުރުމަށްޓަކައެވެ. (ޤުރުއާން، 13:2).