11. ސައިރަސް އަކީ ދެދަޅުގެ ވެރިޔާ ކަމަށް ބެލެވޭ
 
ޔަހޫދީންގެ ރަސޫލެއް ކަމުގައިވާ دانيال  (ޑެނިއަލް) އަށް  ދެދަޅު ހުރި ފިރިހެން ކަންބަޅިއެއް ވިޝަންއަކުން (އިލްޙާމް) ފެނުނުކަމަށް ބައިބަލްގައި ވެއެވެ. ޑެނިއަލްއަކީ ބެބިލޯނިޔާގެ ބަންދުގައި ތިބި ޔަހޫދީންގެ ތެރެއިން ޔަހޫދީއެކެވެ. ސައިރަސް ބެބިލޯނިޔާ ހިއްޕެވީ ޑެނިއަލްގެ ހަޔާތްޕުޅުގައެވެ. ބައިބަލްގެ ޑެނިއަލް 8:20 ވަނަ އާޔަތުގައިވާ ވާގޮތުން މި ފިރިހެން ކަންބަޅި އަކީ އަކީމަނީޑް އެޕްޕަޔާރ (ޕަޝިއާ އާއި މީޑިޔާގެ ރަސްކަލުން) ނެވެ. ކަންބަޅީގެ ކުޑަދަޅަކީ ޕާޝިއާއެވެ. އަދި ފަހުން ފެނުނު ދިގުދަޅު ރަމްޒުކޮށް ދެނީ މީޑިއާއެވެ. ޑެނިއަލް 8:4 ވަނަ އާޔަތުގައިވާ ގޮތުން އެ ފިރިހެން ކަންބަޅި ހުޅަނގަށް، އުތުރަށް އަދި ދެކުނަށް އެހެން ޖަނަވާރުންގެ ބޮލުގައި ދަޅުން ޖަހައެވެ. އެހެނަސް އެއްވެސް އެހެން ޖަނަވާރަކަށް އެއާއި ދެކޮޅަށް ކޮޅަށް ނުހުރެވެއެވެ. އަދި އޭގެ ކިބައިން ސަލާމަތް ކޮށްދޭނެ އެހެން ޖަނަވާރެއްވެސް ނުވެއެވެ. އަދި އޭނާ ބޭނުންވާގޮތަށް ކަންކޮށް އަމިއްލަޔަށް ގަދަވެއެވެ. މި އާޔަތްތައް ތިރީގައި ވަނީއެވެ.
 
 
In the third year of the reign of Belshazzar the king, a vision appeared to me, Daniel, subsequent to the one which appeared to me previously. I looked in the vision, and while I was looking, I was in the citadel of Susa, which is in the province of Elam; and I looked in the vision, and I myself was beside the Ulai Canal. Then I raised my eyes and looked, and behold, a ram which had two horns was standing in front of the canal. Now the two horns were long, but one was longer than the other, with the longer one coming up last. I saw the ram butting westward, northward, and southward, and no other beasts could stand against him nor was there anyone to rescue from his power, but he did as he pleased and made himself great. (Daniel 8:1-4).
 
ކަންބަޅި ހުޅަނގަށް ދިޔަދިޔުމަކީ ސައިރަސް ލީޑިޔާ ހިއްޕަވަން ވަޑައިގަތް ވަޑައިގަތުމެވެ. ދެކުނަށް ވަޑައިގަތް ވަޑައިގަތުމަކީ ބެބިލޯނިޔާ ހިއްޕެވުމަށް ވަޑައިގަތް ވަޑައިގަތުމެވެ. އަދި އުތުރަށް ކުރެއްވިދަތުރުފުޅަކީ މީޑިޔާ ހިއްޕެވުމަށް ކުރެއްވި ދަތުރުފުޅުކަމަށް ބެލެވެއެވެ. “ދެދަޅުގެ ވެރިޔާއަކީ” އަކީމަނީޑް އެމްޕަޔާރ ގެ ރަސްކަލުންގެ ބޮޑު ރަސްގެފާނެވެ (ކިންގްސް އޮފް ކިންގްސް). އެއީ ސައިރިސް ދަ ގްރޭޓްއެވެ. ޤުރުއާނުގައި ޒުލްޤަރުނައިނި އައިސްފައިވަނީ ފަހަރުގައި މިއާޔަތަށް ނިސްބަތްކޮށް ކަމުގައިވެސް ވެދާނެއެވެ. މި މަޒްމޫނުގެ ތީމް ފޮޓޯގައި ފެންނަ ސްޓެޗިއު (ބުދު) ގެ ބޯމަތީގައި ދެ ދަޅުވެއެވެ. އަދި އެދެދަޅުމަތީ އިތުރު 3 ބައިވެއެވެ. އެ ރަމްޒު ކޮށްދެނީ މީޑިޔާ، ލީޑިޔާ އަދި ބެބޮލޯނިޔާ އެވެ. މިއީ ޕެއްސާގަޑީގައި ހުރި ސައިރަސްގެ ސިފަޔަށް ހަދާފައިވާ ބުދެކެވެ.