ﷲ ހަޟްރަތުގައި ރެންޑަމްނަސް އެއް ނުވޭ
ޕްރޮބެބިލިޓީގެ ހިސާބުގެ ތިއަރީ އުފެއްދެވީ، 1654 ފަރަންސޭސީ ދެ ހިސާބުގެ ޢިލްމުވެރިން ކަމުގައިވާ ބްލީސް ޕާސްކަލް އާއި ޕިއޭގްދަ ފާޤްމާއެވެ. 1812 ގައި ފިޔޭ ޑީލަޕްލާސް ލިޔުއްވިފޮތެއްގައި ޕްރޮބެބިލިޓީ ސައިންސާއި ގިނަ ޢަމަލީ މައިދާނުގައި ބޭނުން ކުރެވޭނެގޮތް ތަޢާރަފްކުރިއެވެ. ހިސާބުގެ ޢިލްމުގެ ޕްރޮފެސަރެއް ކަމަށްވާ ނަޖިމްބެރްޑްލީ ވިދާޅުވެފައިވާގޮތުން ރެންޑަމްނަސް އިން އޯޑަލިނެސް އާދެއެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވެފައިވަނީ، މީގެ 35 އަހަރު ކުރިން އެދުވަސްވަރު ގެންގުޅުނު ޓެލެފޯން ސްވިޗްބޯޑުތަކަށް އަންނަކޯލްތަކުގެ ދެމެދުގެ ވަޤުތުތައް ޓްރެކްކޮށް ބެލުމުން އެކްސްޕޮނެންޝަލް ޑިސްޓްރިބިއުޝަންއެއް ލިބޭކަމަށެވެ. ފޯނުކުރާ މީހުންގެ ބިހޭވިޔާ ލަފާކުރަން އެއްގޮތަކަށް ވެސް ނޭގުނަސް އެބައި މީހުން ކުރާ ފޯނުކޯލްގައި ލަފާކުރަން އެނގޭ ޕެޓާނެއް އަންނަކަމަށެވެ. (އެންޑާސަން، 2012). އަޅުގަނޑު ޤަބޫލުކުރާގޮތުގައި ވަކިކަހަލަ ނަތީޖާއެއް ނިކުންނަނަމަ ކޮންމެވެސް ފަރާތެއްގެ ކޮންޓްރޯލް އެކަމުގައި ވާނެއެވެ. ވުމާއެކު ޕްރޮބެބިލިޓީއާއި ރެންޑަމްނަސް އަކީ މިކާއިނާތުގެ ބައެއް ސިސްޓަމްތައް މަސައްކަތް ކުރުމަށް ﷲ ލައްވަވާފައިވާ ނިޒާމެކެވެ. ކީރިތި ޤުރުއާނުގެ سورة البقرة ގެ 255 ވަނައާޔަތުން ވަރަށް ސާފުކޮށް ﷲ ގެ ޢިލްމުފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވި ކަމެއް ނޫނީ އަޅުގަނޑުމެންނަށް ނޭގޭނެކަމާއި އެކަލާނގެ މާޒީއާއި މުސްތަޤް ދެނެވޮޑިގަންނަވާކަން އެނގެއެވެ. ވުމާއެކު އިންސާނާއަށް ރެންޑަމް ހާދިސާތަކަކީ ﷲގެ ހަޟްރަތުގައި ރެންޑަމް ކަންކަމެއްނޫނެވެ.
اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚلَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾
اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއް ވެވޭ إله އަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ إذن ފުޅާ ނުލައި އެކަލާނގެ حضرة ގައި شفاعة ތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: خلق ތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ علم ފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ كرسى، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ حضرة އަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި، އެކަލާނގެއީ، އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ. (ޤުރުއާން. 2:255)