6. ސްކޭލް ތައް
ސްކޭލް އަކީ މެލަޑީ (ރާގު) ހާމަނީ (ކޯޑު) ހެދުމަށްޓަކައި ބޭނުންކުރާ އަޑުތަކެވެ. މި ސްކޭލްތައް ހެދުމަށް ނަގާފައި ވަނީ ޓޯން (އެއް ސްޓެޕް) ނުވަތަ ބައި ޓޯން (ބައި ސްޓެޕް) އެވެ. 1 ސްޓެފަކީ ކީބޯޑުގައި މެދަށް 1 ފިތް ދޫކުރުމުން ދެފިތުގެ ދޭތެރޭ އިންނަ ދުރުމިނެވެ. ގިޓާގައި މެދަށް 1 ފްރެޓް ދޫކުރުމުން ދެނޯޓު ދޭތެރޭ އިންނަ ދުރުމިނެވެ. އެއީ ހަޤީގަތުގައި މޭޖާރ ސެކަންޑްގެ އިންޓަވަލް އެކެވެ. ބައި ސްޓެޕް އަކީ ކީބޯޑުގައި އަދި ގިޓާގައިވެސް ނެގޭ އެންމެ ކުޑަ އިންޓަވަލް އެވެ. އެއީ ޖެހިގެން އިންނަ ދެފިތް ނުވަތަ ދެފެރެޓް ދެމެދުގެ އަޑުގެ އިންޓަވަލް އެވެ. މި އީ ހަޤީގަތުގައި މައިނާ ސެކަންޑް އެވެ. ވަރަށް ގިނަ މީހުންނަށް މައިނާ ސެކަންޑާއި މައިނާރ ސްކޭލްގެ ދެވަނަ ނޯޓާއި އޮޅެއެވެ. މައިނާ ސްކޭލް ގެ ދެވަނަ ނޯޓާއި ފުރަތަމަ ނޯޓާއި ދޭތެރޭ އިންނަނީ މޭޖާރ ސްކޭލްގައި ވެސް އިންނަ ގޮތަށް މޭޖަރ ސެކަންޑެއްގެ އިންޓަވަލް އެކެވެ. ތިރީގައިވަނީ މޭޖާރ ސްކޭލާއި އާއި ނެޗުރަލް މައިނާ ސްކޭލް އާއި ހާމޮނިކް މައިނާ ސްކޭލްގެ ނޯޓްތައް ނަގާނެ ގޮތެވެ. މިސްކޭލްތަކުގެ އެސެންޑިންގ އާއި ޑިސެންޑިން އެއް ގޮތެވެ.
6.1 މޭޖާރ ސްކޭލް
އެސެންޑިންގ އަދި ޑިސެންޑިންގ: TTSTTTS
T އަކީ މޭޖާރ ސެކަންޑް (ހޯލް ސްޓެޕް) އަދި S އަކީ މައިނާ ސެކަންޑް (ހާފް ސްޓެޕް)
ސްކޭލްގެ ނޯޓުތަކަށް (ސްކޭލް ޑްގްރީ) ޓެކްނިކަލް ނަންތަކެއް ދީފައި ހުރެއެވެ. ތިރީގައި ވަނީ އެ ނަންތަކެވެ.
6.2 ނެޗުރަލް މައިނާ ސްކޭލް
އެސެންޑިންގ އަދި ޑިސެންޑިންގ: TSTTSTT
6.3. މެލޮޑިކް މައިނާ ސްކޭލް
މިސްކޭލް އަކީ އެސެންޑިންގ (މައްޗަށް ދާއިރު) އަދި ޑިސެންޑިންގ (ތިރިއަށްދާއިރު) ތަފާތުކޮށް އިންނަ ސްކޭލެކެވެ. ޑިސެންޑިންގ އަކީ ކުރިން ދިން ނެޗުރަލް މައިނާ ސްކޭލްގެ ޑިސެންޑިންގ އެވެ. އެސެންޑިންގެ ނޯޓުތައް ނަގާ ފޯމިއުލާ އަކީ TSTTTTS އެވެ.
6.4 ހާމޮނިކް މައިނާ
މި ސްކޭލްގެ އެސެންޑިންގ އާއި ޑިސެންޑިން އެއްގޮތެވެ.
ނޯޓް ތައް ހޯދާނެ ފޯމިއުލާ އަކީ TTSTT(T+S)T