7 ވަޤުތު ހުއްޓުން
އަހަރެމެންގެ މި ކާއިނާތަކީ ވަރަށް ބިޔަ އަދި މިހާރުވެސް ބޮޑުވަމުންދާ އެއްޗެކެވެ. ދުނިޔެއިން ވިސިބަލް ޔުނިވާރސްގެ އަރިމައްޗާއި ހަމަޔަށް ގާތްގަނޑަކަށް 46.5 ބިލިޔަން އަލިއަހަރު ހުރެއެވެ. ވުމާއެކު އަލީގެ ސްޕީޑްގައި މިކާއިނާތުގެ އަރިމައްޗާ ހަމަޔަށް ދާން ކިހާ ދިގު މުއްދަތެއް ނަގާނެ ހެއްޔެވެ؟ އެމެރިކާ އެސްޓްރޯ ފިޒިސިސްޓް އަދި ޕްލެނެޓްރީ ސައިންޓިސް، ޑ.ރ. ނީލް ޑިގްރާސް ޓައިސަން، އެއްޗެއް އަލީގެސްޕީޑްގައި ދާއިރު ވާނެގޮތް މިސާލަކުން ބުނެދީފައި ވަނީ ތިރީގައިވާ ގޮތަށެވެ.
“The faster you move, the slower time ticks for you as seen by others. As you approach the speed of light, time continues to slow down. At the speed of light, time stops. Which means for a photon moving at the speed of light, when it is absorbed in your retina, it is the same instant it was emitted at the Big Bang 14 Billion years ago..” (Tyson, 2016).
މީގައި ބުނާއެއްޗެއްގެ ޚުލާސާ މާނަޔަކީ، ބާރަށް ދާވަރަކަށް ގަޑީގެ ހިނގުން ލަސްވެޔޭ އަދި އަލީގެ ސްޕީޑްގައި ދަތުރުކުރުމުން ވަޤުތު ހުއްޓިދެއޭ. އަދި އަލީގެ ސްޕީޑްގައި ދަތުރުުރާ ފޯޓޯން (އަލީގެ އެތިކޮޅެއް) ނަޒަރުން ތިބާގެ ލޮލަށްވަންނަ ހިނދަކީ މީގެ 14 ބިލިއަން އަހަރުކުރިން ބިގްބޭނުން އެއެތިކޮޅު (އަލި) އުފެއްދި ހިނދެވެ. ޓައިސަން މިބުނަނީ ފޯޓޯން ގެ ރިފަރެންސް ފްރޭމުން ވަގުތުވަނީ ހުއްޓިފައިކަމުގައެވެ. ނަމަވެސް އަހަރެމެންގެ ރިފަރެންސް ފްރޭމުން އޭގެ ދަތުރަށް 14 ބިލިޔަން އަހަރު ނެގިއެވެ. މިއީ ގިނަމީހުންނަށް ވިސްނައިގަންނަން އުދަގޫ މަފްހޫމެކެވެ. ނަމަވެސް ކުރިން ބުނި ދެ އާޔަތުގައިވަނީ ވެސް ވަރަށް އެއްގޮތް ޚިޔާލު ތަކެކެވެ.