5 އައިސްޓައިންގެ ޖެނެރަލް ރެލެޓިވިޓީ
ޖެނެރަލް ރެލެޓިވިޓީގެ ކާވް ޖިއޮމެޓްރީއަކީ ގިނަމީހުންނަށް އޮޅުން ފިލަން އުދަގޫ އެއްޗެކެވެ. އެހަނަސް ސްޕޭސް-ޓައިމް އަކީ ވަރަށް ބޮޑުއެއްޗެއް ބޭއްވުމުން ދެމޭ ފެބްރިކް (ރަބަރު ގަނޑެއް ފަދަ އެއްޗެއް) ގަނޑެއްކަމަށް ޚިޔާލަށް ގެނަސް އޭގެ ކައިރިންދާ އެއްޗެއްގެ ދަތުރުގެ މިސްރާބު ސީދާމަގަކުން ކާވް މަގަކަށް ބަދަލުވާ ކަމަށް ވިސްނުމުން ދޭހަކުރަން ފަސޭހަވެއެވެ. ތިރީގައިވާ ކުރެހުމުގައި ދައްކާފައިވަނީ މި ޚިޔާލެވެ. ދުނިޔޭގެ ބުރަދަނުގެ ސަބަބުން ސްޕޭސް ޓައިމްގައި އުފެދޭ ކާވޭޗާރގެ ސަބަބުން ހަނދުގެ ދަތުރުކުރުމުގެ މަގު ސީދާ މަގަކުން ވައްބުރަކަށް ބަދަލުވެއެވެ. އައިސްޓައިންގެ ޚިޔާލުގައި ގްރެވިޓީގެ ކޮންސެޕްޓަކީ ނިއުޓަން ބުނާފަދަ ފޯސް އެއް ނޫނެވެ.
އައިންސްޓައިންގެ މަޝްހޫރު ޖެނެރަލް ރެލެޓިވިޓީ އީކުއޭޝަނުން ބައެއްކަހަލަ ފިނޯމިނާތައް ލަފާކުރެވި އަދި ފަހުން ކަށަވަރުކުރެވިފައި ވެސް ވެއެވެ. އޭގެ ބައެއް ކަންކަން ތިރީގައިވަނީ އެވެ.
– ބިޔަ އެއްޗެތީގެ ކައިރިން އަލި ދަތުރުކުރާއިރު އަލި ލެނބުން (ގްރެވިޓޭޝަނަލް ލެންސިންގ)
-އެނބުރޭ ތަކެތީގެ ވަށައިގެންވާ ސްޕޭސް-ޓައިމް ފްރޭމް ޑްރޭގް (ދެމެމުން ދިއުން) ވުން
-ގްރެވިޓީގެ ސަބަބުން އަލީގެ ބާރުދައްވުން ނުވަތަ ވޭވްލެންތް ބަދަލުވުން (ގްރެވިޓޭޝަނަލް ރެޑްޝިފްޓް)
-ގްރެވިޓޭޝަނަލް ވޭވްސް (ސްޕޭސް-ޓައިމް ފެބްރިކް ގައި އުފެދޭ ރާޅު)
-އޭގެން އުފައްދާ އައްޔަށްވެސް ސަލާމަތްނުވެވޭ ބްލެކްހޯލްސް ހުންނަކަން
ވަރަށް ފަހުން ނަގާފައިވާ ބްލެކްހޯލްގެ ފުރަތަމަ ފޮޓޯ
ޖެނެރަލް ރެލެޓީގެ މައިގަނޑު ދެ ޚިޔާލެއް ވެއެވެ. ފުރަތަމަ ޚިޔާލަކީ ވަޤުތާ ސްޕޭސްއަކީ ފަތި އަދި ވަކިމިންވަރެއް ވާއެއްޗެއްނޫނެވެ. ވަޤުތާއި ސްޕޭސް ކާވްވެ އޭގެ ބައްޓަން ބަދަލުވަނީ (ޑިސްޓޯޓް) މާސްއާއި ހަކަތައިގެ ސަބަބުންނެވެ. ގްރެވިޓީއަކީ ފޯސް އެއްނޫނެވެ. ވަޤުތާއި ސްޕޭސްގެ ބައްޓަމަށް އަންނަ ބަދަލެއް ނުވަތަ ޑިސްޓޯޓް ވުމެކެވެ.