10. ނިންމުން

މި މަޒްމޫނުގައި އަޅުގަނޑު ބުނެދީފައިވަނީ ފެނުގައި ގަސްހައްދަންވާގޮތެވެ. މިގޮތުން އޮށުން ގަސްފަޅުވާނެގޮތުން ފެށިގެން ސޮލިއުޝަން ހަދާނެގޮތާއި ތަފާތު ހައިޑްރޮޕޯނިކްސް ސިސްޓަމްތައް މަސައްކަތްކުރާގޮތް ވީހާވެސް ކުރުކޮށް ލިޔެވޭތޯ މަސައްކަތްކޮށްފައިވާނެއެވެ. ހައިޑްރޮޕޯނިކް ބޭނުންކޮށްގެން ބައެއްބާވަތުގެ ތަރުކާރީއާއި މޭވާ ރާއްޖޭގައިވެސް މަދުބަޔަކު ހައްދައެވެ. އަދި ގޭގައި ތަރުކާރީއާއި މޭވާހައްދާ މީސްމީހުންވެސް ކޮންމެވެސް ވަރަކަށް ތަފާތު ކުދި ސިސްޓަމްތައް ހަދައިގެން އުޅެއެވެ. އެހެންނަމަވެސް މިފަދަ ގިނަމީސްމީހުންނަށް ބައެއްކަހަލަ މުހިއްމު ޓެކްނިކަލް މައުލޫމާތުތައް އޮޅުންފިލުމުން ކާމިޔާބުކަމާއެކު އެބައިމީހުންގެ ސިސްޓަމްތައް ކުރިއަށް ގެންދަން އިތުރު އެހީއަކަށް ވާނެއެވެ. ވުމާއެކު އަޅުގަނޑު އުއްމީދުކުރަނީ މި ލިޔުމުގެ އެހީގައި އެފަދަ މީސްމީހުންނަށް ހައިޑްރޯޕޯނިކްސް ބޭނުންކޮށްގެން ކާމިޔާބުކަމާއެކު ގޮވާންކުރެވޭނޭ ކަމަުގައެވެ. އަދި މި މަޒްމޫނަކީ އަލަށް ހައިޑްރޮޕޯނިކްސް ސިސްޓަމްތަކުގައި ގަސް ހެއްދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަގަޅު އެހީއަކަށް ވާނޭކަމުގައެވެ. ކިއުންތެރިއާގެ ފާރާތުން އަޅުގަނޑުއެދެނީ މި މަޒްމޫނު ކަމުދިޔަނަމަ އެހެންމީހުނާއި ހިއްސާކޮށްލަދިނުމެވެ.