1.6 ލީފް މައިނާ
ބޮޑެތި ލީފް މައިނާއަކީ ކަޅާ ރީދޫކުލައިގެ އުދުހޭ ފްލައިގެ (މެހި މާބުރު) ބާވަތްތަކެވެ. މިލިމީޓަރުތަކެއް ހުންނަ މި ފްލައި ފަތުގައި ލޯވަޅެއް އަޅައި އެއަށް ބިސް އަޅައެވެ. ބިސްތައް ލާވާއަށް ވުމުން އެލާވާ ފަތުގެ ތެރޭގައި އޮވެގެން ފަތް ކަމުންދެއެވެ. ނަތީޖާއެއްގެގޮތުން ފަތްތައް ހިކި އަވަހަށް ވެއްޓިދެއެވެ.
ފިގާރ 1.10: ލީފްމައިނާއަކާއި އޭގެ އަސަރުކޮށްފައިވާ ފަތެއް
މަތީގައި ބުނެދިޔަ ބާވަތްތަކުގެ ޕެސްޓް ކޮންޓްރޯލް ކުރާނެގޮތް
1. ގޮދަންފުށް އޭފިޑްގެ އަސަރުކޮށްފައިވާ ސަރަހައްދަށް ބުރުވާލުން
2. ގަހަށް ގެއްލުންނުވާ ވަރުގެ ޕްރެޝަރުގައި ފެންޖެހުން. މިގޮތަށް ފެންޖެހިއަސް ބައެއް ފަހަރު އަލުން އިންސެކްޓް އާލާވެއެވެ.
3. 1 ލޮނުމެދު މިކްސަރަކުން މިކްސްކޮށްފައި އެއްލީޓަރު ފެނަށް ގިރައި ފުރޭނުމަށްފަހު ގަހަށް ސްޕްރޭކުރުން.
4. 2 މޭޒުމަތިސަމުސާގެ ނީމް އޮއިލް 4 ލީޓަރު ފެނަށް ގިރާފައި ގަހަށް ސްޕްރޭކުރުން.
5. ހިނި އެރުމުން ގަސް ސަލާމަތްކުރުމުގެ ގޮތުން ވެސިލިން ފަދަ ތަތްލަވާ އެއްޗެއް، ރަބަރު ފަދަ އެއްޗެއްގައި ހޭކުމަށްފަހު ގަހުގެ މައިގަނޑުގައި އޮޅާލާށެވެ. ސީދާ ގަހުގައި ނުހާކާށެވެ. އަދި ބިމާ ގާތުގައި ހުންނަ ފަތްތައް ކެނޑުމުން، ހިނި ގަހަށް އެރުމާއި ބިމުން އަރާ ބަލިތައް ކޮންޓްރޯލް ކުރަން ފަސޭހަވެދެއެވެ.
6. 1/2 ސައިސަމުސާގެ ޝޭމްޕޫ ނުވަތަ ތަށިދޮންނަ ދިޔާ ސައިބޯނި 1 ލީޓަރުގެ ފެނަށް ގިރާފައި ގަހަށް ރަގަޅަށް ސްޕްރޭކޮށްލާށެވެ. މީލިބަގްސްއާއި ހިނީން ސަލާމަތްވާން މި ބޭސް ބޭނުން ކުރެވިދާނެއެވެ.
7. 100 ގުރާމް ލޮނުމެދާއި (ތޮށިނޮޅާފައި) 100 ގްރާމް ޔޯގަޓް، ފެންފޮދަކަށް އަޅައި މިކްސަރަކުން އެއްކޮށްލުމަށްފަހު 3 ލީޓަރު ފެނަށް ގިރާލާށެވެ. އަދި ހަފްތާއެއްވަންދެން މަތިޖަހާފައި ބެހެއްޓުމަށްފަހު ފުރާނާލާށެވެ. އޭގެފަހުގައި ގަހަށް ސްޕްރޭ ކުރާށެެވެ. މި ބޭހަކީ ވައިޓްފަލައި، މީލީ ބަގްސް އާއި އޭފިޑްސްގެ ބާވަތްތަކުން ސަލާމަތްވުމަށް ބޭނުންކުރެވިދާނެ އޮގޭނިކް ޕެސްޓިސައިޑެކެވެ.