1.2 ހިނި އާއި މީލި ބަގްސް

އަޅުގަނޑުމެން އެންމެން ދަންނަފަދައިން ހިންޏަކީ ވަރަށް އިންޑަސްޓްރިއަލް ޕެސްޓެކެވެ. އޭފިޑްސް އާއި މީލި ބަގްސް އުޅޭ ގަސްގަހުގައި ހިނިއުޅޭތަން ފެނެއެވެ. އޭގެސަބަބަކީ އޭފިޑްސްއާއި މީލި ބަގްސްގެ ހަށިގަޑުން ބޭރުކުރާ “ހަނީ ޑިއު” އަކީ ހިންޏަށް ވަރަށް ފައިދާހުރި ކާނާއެކެވެ. މީލި ބަގްސް އާއި އޭފިޑްސްއަކީ ތަފާތު ދެ ބާވަތެއްގެ އިންސެކްޓެކެވެ. ބައެއް ބާވަތުގެ އިންސެކްޓް ބިސް އެޅުމުން އޭގެ ބިހާއި ލާވާ ކެއުމަށްޓަކައި ހިނި އަރައެވެ. އަދިފުޑް ސެކިއުރިޓީއަށްޓަކައި ހިނި އެހެން އިންސެކްޓްތަކުން މީ ލިބަގްސް ސަލާމަތް ކޮށްދެއެވެ. މީލި ބަގްސްއަކީ ވެސް ގަހުގެ ޖޫސް ބޯ އިންސެކްޓެކެވެ. އޭގެ ސަބަބުން ފަތް ރީނދޫވެ، މޯޅިވެގެން ވެއްޓެއެވެ. ހުދުކުލައިގައި ހުންނަނީ މީލި ބަގްސް އާއި އޭގެ ބިހުގެ ތޮށްޓެވެ. ދޫކޮށްފައި ހުންނަ ކަފަހެން ހުންނަ ތަކެތި ފަތުގައި ތަތްލަވާފައި ހުރެއެވެ. ގަސްތަޅުވާލުމުން ކަފަކޮޅުހެން ވައިގެ ތެރެއަށް އެތަކެތި ބުރައިގެން ދެއެވެ. 

ފިގާރ 1.5: މީލި ބަގްސްތަކާއި ހިނިތަކެއް

1.3 ސްޕައިޑާ މައިޓްސް

ފިގާރ 1.6: ސްޕައިޑާ މައިޓްސްގެ އަސަރުކޮށްފައި ފަތަކާއި ސްޕައިޑާ މައިޓްސްތަކެއް

ސްޕައިޑާ މައިޓްސް އަކީ 0.5 މިލިމީޓަރު ދިގު އިންސެކްޓެކެވެ. އޭޕިޑްސް ފަދައިން ގަހުގެ ފަތުން ދިޔަ ބޮއެވެ. ނަތީޖާއެއްގެ ގޮތުން ފަތުގެ މަތީގައި ރީދޫ ކުލައިގެ ތިކިތަކެއް އުފެދެއެވެ. އަދި އެންމެ ފަހުން ފަތް މޯޅިވެ ގަހުން ވެއްޓިދެއެވެ. އަދި ފަތުގެ ދަށުގައި ވަރަށް ކައިރި ކައިރީގައި ވާފުރާ، އޭގައި މައިޓްތަކުގެ ލާވާ އުފެދި ބޮޑުވެއެވެ. މަކުނުވާ ހުންނަކަމަށް ވަންޏާ އެއީ ސްޕައިޑާ މައިޓްސް އުޅޭކަމުގެ އަލާމާތެކެވެ.