ކަނޑުތައް ހުޅުވި، ބިން ހަމަހަމަވެ އެއް ބިމަކަށްވުން

އެއްދުވަސްވަރެއްގައި ދުނިޔޭގެ ބިން ނުވަތަ މިހާރުގެ ކޮންޓިނެންޓްތަކަކީ  ފޭންޖިޔާާ (Pangaea) އޭކިޔާ އެއް ކޮންޓިނެޓްއެވެ. މިއީ ބުނެވޭގޮތުގައި ޑައިނަސޯސް އެންމެ ފުރަތަމަ އުފަންވި ބިމެވެ. ސައިންސްވެރިން އެއްބަސްވާގޮތުން އަލުން ކޮންޓިނެޓްތައް ގުޅި ބިން އެއްބިމަކަށް ވާނެއެވެ. ސުޕަކޮންޓިނެންޓް އުފެދޭނީ ކުރީގައި އުފެދުުނު ސްޕަކޮންޓިނެންޓްގެ މަތީގައެވެ. މިމޮޑެލް ބުނާގޮތުގައި މިސްޕަކޮންޓިނެންޓް އުފެދޭނީ ޕޭންޖިޔާ އޮތްސަރަހައްދުގައި، އެމެރިކާއާއި އޭޝިޔާ، އެޓްލާންޓިކް ކަނޑުން ގުޅިގެންނެވެ، ނުވަތަ އެމެރިކާއާއި އޭޝިޔާއާއި ޕެސިފިކް ކަނޑުން ގުޅިގެންނެވެ. މިގޮތަށް ކޮންޓިނެންޓްތައް ގާތަށް ލެފުމުން، ހުރިހާ ކަނޑުތަކެއް ހުޅުވިއެއްކަނޑަކަށް ވެދާނެއެވެ. ތިރީގައިވާ ތަސްވީރުން ދައްކައިދެނީ ސްޕަކޮންތިނެންޓް އުފެދޭނެކަމަށް ބެލެވޭގޮތެވެ. މި ސްޕަކޮންޓިނެންޓަށް ސައިންސްވެރިން ދީފައިވާނަމަކީ “އެމޭޝިޔާ” އެވެ.

          https://www.livescience.com :ސޯސް

ކީރިތި ޤުރުއާނުގެ سورة الإنفطار ގެ 3 ވަނަ އާޔަތުގައި މިވާހަކަ ބަޔާންކުރައްވާފައިވަނީ ތިރީގައިވާ ގޮތަށެވެ.

وَإِذَا الْبِحَارُ فُجِّرَتْ ﴿٣﴾

އަދި ކަނޑުތައް ހުޅުވި، އެއްކަނޑު އަނެއްކަނޑާ ގުޅޭހިނދެވެ. (ޤުރުއާން 82:3) 

އަޅުގަނޑުމެންނަށް ޤުރުއާނުން ދޭހަވަނީ، ފުރަތަމަ ތާޅަފިލި ފުމެލެވޭ އިރު މުޅިދުނިޔެއަށް ބޮޑު ޒަލްޒަލާއެއް އައިސް ބިން ހެލުމާއި، ބިންގަނޑު ކަނޑައިގެން ދިޔުމާއި، އަލިފާންފަރުބަދަތައް ގޮވުމާއި، ވޮލްކެނިކް އިރަޕްޝަން ކުރިމަތިވުމާއި އަދި މުޅިދުނިޔޭގެ ވައިގެ ފަށަލަ ވޮލްކެނިކް ޑަސްޓުން ކިލަބުވެފައިވާނެކަމެވެ. އަދި އޭގެފަހުގައި ދެވަނަ ތާޅަފިލިއާއިއެކު، އިންސާނުން އަލުން ދިރުއްވާއިރު ދުނިޔޭގެ ބިމަށް ބަދަލުތަކެއް އައިސް އުޑުވެސް ބަދަލުވާނެކަމެވެ. މިކަން ވެދާނެގޮތަކީ، ދެތާޅަފިލީގެ ދޭތެރޭ އިންސާނުން ދުނިޔޭގައިނެތި ދިގުމުއްދަތެއްނަގައި. ދުނިޔޭގެ ވެށި ބަދަލުވުމެވެ. އެގޮތުން ބިންގަޑުހަމަވެ އެއްބިމެއްގެ ގޮތުގައި ފެންނަން އޮތުމެވެ. އަދި އެމުއްދަތުގައި އިރަށާއި މުޅި ސޯލާސިސްޓަމްއަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ދުނިޔޭގެ އެބުރުން ލަސްވެ މަހުޝަރުގެ ދުވަސް ދިގުވުމެވެ. 

نُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّـهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ ﴿٦٨﴾ 

ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ. اللَّه އިރާދަކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއްފަހަރު ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން އެއުރެން ތެދުވެ (محشر ބިމުގައި) ބަލަބަލައި ތިބޭނެތެވެ. (ޤުރުއާން، 39:68)

وَيَوْمَ نُسَيِّرُ الْجِبَالَ وَتَرَى الْأَرْضَ بَارِزَةً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا ﴿٤٧﴾ 

އަދި ތިމަންރަސްކަލާނގެ ފަރުބަދަތައް ލުހެލައްވައި، ފުނޑުފުނޑުކޮށްލައްވާ ދުވަސް ހަނދުމަކުރާށެވެ! (އެދުވަހުން) ބިންގަނޑު ހަމަހަމަވެ ފާޅުވެގެންވާތީ ތިބާދެކޭނޫއެވެ. އަދި އެއުރެން محشر އަށް ފޮނުއްވާހުށީީމެވެ. ފަހެ، އޭގެތެރެއިން ހަމައެކަކުވެސް ދޫނުކުރައްވާހުށީމެވެ. (ޤުރުއާން؛ 18:47)