ކަނޑުގައި ރޯވުން

އަޅުގަނޑުމެންގެތެރެއިން ގިނަބަޔަކަށް ކަނޑުގައި ރޯވާވާހަކަ ބުނެފިނަމަ ޤަބޫލުކުރަން އުނދަގޫވެދާނެ އެވެ. ނަމަވެސް ކީރިތި ޤުރުއާނުގައި سورة التكوير ގެ 6 ވަނަ އާޔަތުގައި ކަނޑުތައް އަދައިގަންނަވާހަކަ ވެއެވެ. އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާފަދައިން ތަނެއް ރޯވެއްޖެނަމަ އަލިފާން ނިއްވާލަން އާންމުކޮށް ބޭނުންކުރަނީ ފެނެއެވެ. ފެން އުފެދިފައިވަނީ ހައިޑްރިޖަން އާއި އޮކްސިޖަން އިންނެވެ. ހައިޑްރިޖަންއަކީ އޭގައި ގަދަޔަށް ރޯވާ ގޭހެކެވެ، އަދި އޮކްސިޖަންއަކީ ރޯވުމަށް މަޤުފަހިކޮށްދޭ ގޭހެވެ.  cbsnews.com ގައި ސެޕްޓެމްބަރު 2007 ގައި އޮތް ޚަބަރެއްގައިވާގޮތުން ޖޯން ކެންޒުއަސް ކިޔާ ކެންސާރ ރިސާޗަރަކު، އެކްސިޑެންޓަކުން ލޮނުފެނުގައި ރޯވާކަން ހޯދިއެވެ. މިކަން އޭނާޔަށް އެގުނީ ރޭޑިޔޯފްރިކްއެންސީ ބޭނުންކޮށްގެން، ލޮނުފެން ޑީސެލިނޭޓްކުރަން އުޅުމުގެ ތެރޭގައެވެ. އޭނާ ހޯދާފައިވަނީ، ކަނޑުލޮނު ޜޭޑިޔޯފްރިކްއެންސީއަށް އެކްސްޕޯސް (ހާމަ) ވެފައިވާނަމަ ލޮނުގައި ރޯވާކަމުގައެވެ. ދެން އުފެދޭ އަނެއްސުވާލަކީ ދުނިޔޭގެ ކަނޑުތަކުގައި ރޯވާފަދަ ރޭޑިއޯވޭވްސް އަންނަނީ ކޮންތަނަކުން ހެއްޔެވެ؟ 2001 ޖެނުއަރީގައި ނާސާގެ ވެބްސައިޓްގައި ބުނެފައިވަނީ އަޅުގަނޑުމެންގެ ޕްލެނެޓަކީ އޭގެ އަމިއްލަ ޒާތުގައި ރޭޑިޔޯވޭވްސް އުފައްދާ އެއްޗެއްކަމުގައެވެ. ރޭޑިއޯ ފްރިކުއެންސީ އޮޑިބަލް ފްރެކްއެންސީއަށް ބަދަލުކޮށްފައި އަޑުއިވޭގޮތަށް ޔޫޓިއުބް ވީޑިޔޯއެއް ނާސާއިން ނެރެފައިވެސްވެއެވެ.  ވުމާއިއެކު ދުނިޔެއަށް އަންނަ ޖިއޮލޮޖިކަލް ބަދަލުތަކަކުން ދުނިޔޭގެ ރޭޑިއޯފްރިކުއެންސީއަށް ބަދަލުއައިސް، ހޫނުލާވާ ކަނޑަށް އެޅުމާއި އެކު ކަނޑުގައި ހުޅުހިފައި ރޯވެދާނެބާވައެވެ؟ ކަނޑުގައި ރޯވެދާނެކަމަށް މާނަކުރެވޭ އަނެއްގޮތަކީ އިރު ގާތްގަޑަކަށް މީގެ 3.2 ބިލިިޔަން އަހަރުފަހުން އަލިގަދަވުމުގެ ސަބަބުން، އުފެދޭ ހޫނުން ކަނޑުތައް ކެކުމެވެ. ފުރަތަމަ ގޮތް މެދުވެރިވެއްޖެނަމަ އެތަން އިންސާނުންނަށް ފެނިދާނެއެވެ. ނަމަވެސް ދެވަނަގޮތަށް ދިމާވާނަމަ އިންސާނުން މިދުނިޔޭގައި އުޅެވޭވަރަށްވުރެ ދުނިޔެ ހޫނުގަދަ ވެދާނެއެވެ.

وَإِذَا الْبِحَارُ سُجِّرَتْ ﴿٦

އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ. (6) (ޤުރުއާން؛ 6: 81)