ޤިޔާމަތް ކައިރިވެއްޖެ ކަމުގެ އަލާމާތް

ހުޅަނގުން އިރުއެރުން: ޤިޔާމަތުގެ ވަރަށްގިނަ އަލާމާތްތައް ހަދީސުން އެނގެއެވެ. މީގެތެރެއިން ބައެއްކަންކަން މިހާރުވެސް ހިގާފައިވެއެވެ. މިލިޔުމުގައި އަޅުގަނޑު ފާހަގަކޮށްލާނީ “ހުޅަނގުން އިރުއެރުމާއި” ބެހޭގޮތުންނާއި ހަނދު އިރުމާއި ބެހޭގޮތުންނެެވެ. މޫސުމާބެހޭ ދިރާސާކުރާ ގިނަފާރާތްތަކުން ބުނަމުންދަނީ ދުނިޔޭގެ މެގްނެޓިކްފީލްޑް ކުރިއަށްއޮތް 1000 އަހަރާއި 10000 އަހަރުގެ މުއްދަތުގެ ތެރޭގައި ބަދަލުވާނޭ ކަމުގައެވެ. އެކަމުގެ ހެތްކެއްގެ ގޮތުން އެބޭފުޅުން ވިދާޅުވަނީ ވެއަތުވެދިޔަ 160 އަހަރުގެ ތެރޭގައި ފާހަގަ ކުރެވޭ ވަރަށް ދުނިޔޭގެ މެގްނެޓިކް ފީލްޑްގެ ބާރު ދެރެވަމުން އައިސްފައިވާ ކަމުގައެވެ. މިހެން މިކަންދިމާވަނީ، މެގެނެޓިކްފީލްޑްގެ ޕޯލް ބަދަލުވުމުގެ މަރުހަލާގެ ތެރޭގައިއެވެ. (އޮސްޓިން، 2015). މެގްނެޓިކްފީލްޑް ބަދަލުވުމުން ސަމުގާއިން ދައްކާނީ އިރުމަތީފަރާތް ހުޅަނގުގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން ދެން އިރުއަރާނީ ހުޅަނގުންނެވެ. އަދި އޮއްސޭނީ އިރުމަތީ ފަރާތަށެވެ. މިއީ ދުނިޔޭގެ އެބުރުން ބަދަލުވެގެން ވާގޮތެއް ނޫނެވެ. މިއީ ދުނިޔޭގެ ކޯގައި ހުންނަ ދަގަނޑުގެ މާއްދާގައި އުފެދޭ މްގްނެޓިކް ފީލްޑްގެ ޕޯލް ބަދަލުވުމުގެ ސަބަބުން ވާގޮތެކެވެ. ޖިއޮލޮޖިސްޓުން ހާމަކުރާގޮތުގައި ދުނިޔޭގެ ތާރީޚްގައި މިކަން ކުރިންވެސް ތަކުރާރު ވެފައިވެއެވެ. އެންމެފަހުން މިހާދިސާ ހިނގާފައިވަނީ ސްޓޯންއޭޖްގެ ދުވަސްވަރު، މީގެ 780،000 އަހަރު ކުރިންނެވެ. ސައިންޓިސްޓުން ހާމަކުރާގޮތުގައި މެގްނެޓިކް ފީލްޑް މާބޮޑަށް ދަށްވެއްޖެނަމަ ދުނިޔޭގެ މުއާސަލާތީ ޚިދުމަތަށް ބުރޫއަރައި، ކަރަންޓްކެނޑި، ތަންތަނުގައި ރޯވުން ފަދަ ހާދިސާތައް ހިނގާނެއެވެ. އަދި އޯޒޯންލޭޔާ ނެތިދިޔުމުގެ ސަބަބުން ދުނިޔޭގެ ބިމާ ހަމަޔަށް އަންނަ އަލްޓްރާ ވައިލެޓް އަލީގެ ބާރުގަދަވެ ހަމުގެ ކެންސަރުޖެހުން އިތުރުވާނެއެވެ. މީގެ އިތުރުން ރޭގަނޑުގެ ވަޤުތުތަކުގައި ބާރަށް ދަތުރުކުރާ މަތިންދާބޯޓުތަކުގައި ހުޅަނގަށް ދަތުރުކުރާއިރުވެސް ހުޅަނގުން އިރުއަރާތަން އަޅުގަނޑުމެން ދެކެމެވެ. ވީމާ  ހުޅަނގުން އިރުއެރުމަކީ މިއީ ބާވައެވެ؟ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. محمد ( صلى الله عليه وسلم)  ހަދީސްފުޅު ކުރެއްވިކަމަށް صحيح البخاري އާއި مسلم ގައިވާ ހަދީސެއް ތިރީގައި ބަޔާންކޮށްލާނަމެވެ.  

ާAl-Bukhaari (4635) and Muslim (157) narrated that Abu Hurayrah (may Allaah be pleased with him) said: The Messenger of Allaah (peace and blessings of Allaah be upon him) said: “The Hour will not begin until the sun rises from its place of setting. When it rises from its place of setting, all people will believe, but on that day ‘no good will it do to a person to believe then, if he believed not before,’ [al-An’aam 6:158].”

ހަނދު އިރުން: މިހާދިސާއަކީ ކީރިތި ޤުރުއާނުގައިވާ ހާދިސާއެކެވެ. އަޅުގަނޑުމެންގެ ރަސޫލާގެ ޙަޔާތްޕުޅުގައި ހިނގާފައިވާ ހާދިސާއެއްކަން ސައްޚަ ހަދީސްތަކުންވެސް އެނގެއެވެ.

اقْتَرَبَتِ السَّاعَةُ وَانشَقَّ الْقَمَرُ ﴿١﴾ 

قيامة ވުމުގެ ވަގުތު ގާތްވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ. (ޤުރުއާން، 54:1)

މިއީ މުސްލިމުންނާއި މުސްލިމުނޫން މީހުންނާއި އެންމެ ހޫނުގަދަކޮށް ކުރެވޭ އެއްބަހުސެވެ. ސަބަބަކީ ހަނދާއި ދުނިޔެއާއި ދެމެދު ހުންނަ ގްރެވިޓީގެ ސަބަބުން ދުނިޔޭގެ ދިޔަވަރަށް ބަދަލު އައުމާއިއެކު ކުއްލިއަކަށް ހަނދު ދެފަޅިވެފައި ގުޅިއްޖެނަމަ އާދަޔާޚިލާފް ގަޑިތަކެއްގައި ބައެއް ޤައުމުތަކަށް ދިޔަވަރު ބަދަލު ވާނެތީއެވެ. ކުއްލިއަކަށް އަންނަ ބަދަލެއްގެ ސަބަބުން، ސުނާމީފަދަ ގްލޯބަލް ބިޔަރާޅެއް ނެގުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެފަދަ ބަދަލެއް އައިނަމަ ގިނަ ޤައުމުތަކަށް އެކަން އެނގޭނެއެވެ. އެބައިމީހުން ބުނަނީ ތާރީޚީ އެފަދަ ރެކޯޑެއް ނެތްކަމުގައެވެ. 2012 ގައި ނާސާގެ ދެ ޓްވިން ގްރެއިލް ޕޮރޯބުންވަނީ އެއްއަހަރުގެ ދިގުމުއްދަތަކައް ހަނދުގެވަށައި ބުރުޖަހައި، ބިމުގެއަޑީގެ ސްޓްރަކަޗާރތައް މެޕްކޮށްފައެވެ. ނަމަވެސް މިހޯދިހޯދުމުގެ ތެރޭގައިވެސް އަދި މުޅިހަނދު ދެފަޅިވެފައި ވާކަމުގެ ނިޝާނެއް ފެނިފައި ނެތެވެ. ނަމަވެސް ހަނދުގެ ބިންގަޑުގައި އެކިސައިޒްގެ އެސްޓްރޮއިޑް ޖެހުމުގެ ސަބަބުން ކްރޭޓާރސް އުފެދިފައިވެއެވެ. ބައެއްތަންތަން 200 ވަރަކަށް މޭލަށްވުރެ ބޮޑެވެ.

 https://www.britannica.com : ހަނދުގައި ހުންނަރޮގުތައް 

ތަސްވީރުތަކުން އަޅުގަނޑުމެންނަށް ފެންނަ އެތައް ކިލޯމީޓަރެއްގެ ދިގު ރޮނގުތައް (ރައިލް) ހަނދުގެ ވަށްބުރައްވުރެ ކުރެވެ. މިފަދަ ރޮގުތައް ބައެއް ޕްލެނެޓްތަކާއި އެހެން ހަނދުތަކުގައިވެސް ހުންނަކަމަށް ވެއެވެ. މިތަންތަނަކީ ދުނިޔޭގެ ބިމުގައި ވާދީތަކާާއި ކޯރުތައް ހުންނަގޮތަށް ހުންނަތަންތަނެވެ. ހަނދުގެ ބިންމަތީގައި ލާވާ ދަތުރުކޮށްފައިވާ މަގުތައް ކަމުގައި ސައިންސްވެރިން ބުނެއެވެ. ނާސާއިން ހަނދު އެގޮތަށް ދެފަޅިނުވާކަމަށް ބުނެފައިވިޔަސް. މީގެ މާނަޔަކީ ކުރިއަށްއޮތްތަނުގައި ހެދޭ ދިރާސާޔަކުން އެކަން ވެފައިވާކަމަށް ހެކި ނުލިބޭނެއެކޭވެސް ނޫނެވެ. އަދި ﷲ އަށް ކޮންމެކަމެއްވެސް ކުޅަދުންވަންތައެވެ. އަޅުގަނޑު ދެކުނު ފޯރަމްއެއްގައި މުސްލިމަކު، ވެދާނެ އެހެން އިތުރުގޮތެއް ލިޔެފައި އޮތެވެ. އޭނާ މިސާލަކަށްދީފައިވަނީ، ހަނިކޮށް ދިގުކޮށްހުންނަ އެސްޓްރޮއިޑެއް ނުވަތަ ހިލަޔެއް ހަނދާއި ގާތުން ދުނިޔެއާއި ދޭތެރެއިން ދިޔައީ ކަމުގައިވެސް ވެދާނެކަމުގައެވެ. އެހެން އެކަންވެއްޖެނަމަ، ލޮލަށްފެންނަ އެންގަލުން ހަނދުދެފަޅިވާކަމަށް ފެނިދާނެއެވެ. އެ އެއްޗެއްގެ ދިގުމިނާއި އަދި ދާބާރުމިނުގެ ނިސްބަތުން ހަނދު އިރުމާއި ގުޅުމާއި ދެމެދުގެ ވަޤުތައް ބަދަލު އަންނާނެއެވެ. އަދި އެސާއަތް ނުވަތަ ވަޤުަތު އެކަލޭގެފާނަށް ﷲ އިލްހާމުކުރެއްވުމަކީ ވެދާނެގޮތެކެވެ. އެއީ އޭނާގެ ޚިޔާލެވެ. ސައެންސްވެރިން ބުނާގޮތުގައި ހަނދަކީ ދުނިޔެއުފެދުނު ދުވަސްވަރު މާސްސައިޒުގެ އެއްޗެއް، ދުނިޔޭގައި ޖެހުމުގެ ސަބަބުން ދުނިޔެއިން އިރިގެން ދިޔަބަޔެކެވެ.(ރެޑް، 2017). ސުވާލަކީ ހަނދު އިރިއްޖެކަމުގައި މިހާދިސާއާއި ގުޅުވައިގެން ޤުރުއާނުގައި އައިސްފައި އޮވެދާނެބާވައެވެ؟ އެކަމަކު އޭރުން، މިހާދިސާ ހިނގާނީ ރަސޫލާގެ ޙަޔާތްޕުޅަކު ނޫނެވެ. ކޮންމެއަކަސް މިކަން ދިމާވިގޮތެއް އެންމެމޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ. ތިރީގައި މިވަނީ މިކަމާއި ގުޅުންހުރި ދެ ނެރޭޝަނެކެވެ.  عبد الله ابن عباس އާއި عبدالله بن مسعود އަކީ ކީރިތި ރަސޫލާގެ ދެސަޙާބީންނެވެ.

Narrated Ibn AbbasThe moon was split into two parts during the lifetime of the Prophet. ( Sahih al-Bukhari 3638) Narrated Abdullah bin Masud: During the lifetime of the Prophet the moon was split into two parts and on that the Prophet said, “Bear witness (to thus). (Sahih al-Bukhari 3636)