ފުރާނަ އެޅުއްވުން
ޤުރުއާނާއި ސުންނަތުން އެނގޭގޮތުއި ފުރާނައަޅުއްވަނީ 40 ދުވަހުންނެވެ (ސަޙީހް އަލް-ބުޚާރީ: 3036). އަދި ތިރީގައިވާ ހަދީސުން އެނގޭގޮތުގައި ހަށިގަނޑުގައި މަސް ލައްވަނީވެސް 40 ދުވަހުގެ ފަހުންނެވެ. މަތީގައި ބަޔާން ކުރިފަދައިން މަސްލައްވާ މުއްދަތު ރަގަޅެވެ.
“Each one of you is constituted in the womb of the mother for forty days, and then he becomes a clot of thick blood for a similar period, and then a piece of flesh for a similar period. Then Allah sends an angel who is ordered to write four things. He is ordered to write down his deeds, his livelihood, his (date of) death, and whether he will be blessed or wretched (in religion). Then the soul is breathed into him…” (Sahih al-Bukhari: 3036).
ފުރާނަނެތް ދިރުން ހުރި އެއްޗެއްްގެ މިސާލަކީ ގަހެއްގެ މިސާލެވެ. ގަހަކީ ދިރޭއެއްޗެކެވެ. ނަމަވެސް އޭގައި ފުރާނައެއް ނުވެއެވެ. ފުރާނަޔަކީ ރުޙާނީ އެއްޗަކަށް ވުމާއި އެކު އަދި އިންސާނާ އުފައްދާފައިވާ އެއްވެސް އިންސްޓްރޫމެންޓަކަށް ފެންނައެއްޗަކަށް ނުވާތީ، ފުރާނަ އަޅުއްވަނީ ކަނޑައެޅިގެން ކޮންދުވަސްވަރެއްގައިކަން ސައިންޓިފިކްކޮށް ބުނަންނޭގުނަސް، ހަދީސުން އެނގެނީ އެއީ 40 ދުވަހުން ކަމެވެ. 40 ދުވަހުގައި އެމްބްރިޔޯ އޮންނާނީ ކާނެގީ ސްޓޭޖްގެ 16 ވަނަ ސްޓޭޖްގައެވެ. މިއީ 6 ވަނަ ހަފްތާއެވެ. ތިރީގައިވަނީ މިސްޓޭޖްގެ އެމްބްރިޔޯއެއްގެ ފޮޓޯއެކެވެ.
40 ދުވަސް ހިސާބުގައި އެމްބްރިޔޯ އޮންނަސިފަ. ސޯސް- unsw.edu.au
ކީރިތި ޤުރުއާނުން އެނގެނީ ދިރުމާއި ފުރާނަޔަކީ ދެއެއްޗެއްކަމެވެ. ސްޕާމްއާއި ބިހުގައިވެސް ދިރުންވެއެވެ. އަދި އޭގެފަހުން ޒައިގޯޓާއި އެމްބްރިޔޯގައިވެސް މެއެވެ. މި އުޞޫލުން ނިދާފައި އޮންނަމީހާގެހަށިގަނޑުގައިވެސް ދިރުންވެއެވެ. އަޅުގަނޑުމެންނަށް އެނގެނީ ނިދާފައި އޮންނައިރު ބައެއް ހިއްސުތައް ވަޤުތީގޮތުން މަސައްކަތް ނުކުރާކަމެވެ. މިސާލަކަށް ލޯހުޅުވިފައިއޮވެ ނިދިފައި އޮތަސް ލޮލަށް ނުފެނުމާއި އަދި އަޑު ނީވޭކަން އަޅުގަނޑުމެންނަށް އެެގެއެވެ. އަދި ގޮވުމުން ނުވަތަ ބީހުމުން މީހާ ހޭލުމަށް އިރުކޮޅެއް ނަގާވެސްމެއެވެ. ބަޔޮލޮޖިކަލް ސަބަބުތަކެއް ނިދުމުގައި ހުރިކަމުގައިވިޔަސް އޭނާގެ އަމިއްލަ ނަފްސަށް ވިސްނާއިރު ނިދާފައި އޮންނައިރު އޭނާ މިދުނިޔޭގައި ނެތްފަދައެވެ. އޭނާގެ ވަށައިގެންވާ މާޙައުލުގައި ހިނގާކަންކަން އޭނާއަކަށް ނޭގެއެވެ. ވުމާއި އެކު ނިދީގެ ތެރޭ އޭނާގެ ފުރާނަ ވަކިހިނދުކޮޅަކަށް އޭނާއާއި ވަކިވެދާކަމުގައި ޤަބޫލުކުރެވެއެވެ. އަދި މީހާ މަރުވުމުން ދާއިމަށް އެފުރާނަ ހަށިގަނޑާއި ވަކިވެދެއެވެ. ކީރިތި ޤުރުއާންގެ سورة الإسراء ގެ 85 އާޔަތުންނާއި سورة الزمر ގެ 42 ވަނަ އާޔަތުން މިކަން އެނގެއެވެ.
اللَّـهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَاوَيَسْأَلُونَكَ عَنِ الرُّوحِ ۖ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا ﴿٨٥﴾
ފުރާނައިގެ ވާހަކައިން އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފުރާނައަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމުގެ ތެރެއިންވާ އެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) علم ގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ. (ޤުރުއާން، 17:85)
اللَّـهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا ۖ فَيُمْسِكُ الَّتِي قَضَىٰ عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَىٰ إِلَىٰ أَجَلٍ مُّسَمًّى ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﴿٤٢﴾
نفس ތައް މަރުވާހިނދު، އެ نفس ތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ اللَّه އެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފިމީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫންމީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. (ޤުރުއާން: 39:42)