مُضْغَة ސްޓޭޖް
مُضْغَة އަކީ ޤުރުއާންގައި ބަޔާންކޮށްފައިވާ އިންސާނާގެ ޕްރިނޭޓަލް ޑެވެލްޕްމަންޓްގެ 3 ވަނަ ސްޓޭޖެވެ. އަރަބި ޑިކްޝަނަރީތަކުގައި مُضْغَة ގެ މާނަ ތަފާތު ގޮތްގޮތައް މާނަކޮށްފައިވެއެވެ. މިގޮތުން އެއްމާނަޔަކީ ދަތްޖެހިފައިވާ (chewed) އެއްޗެކެވެ. އަނެއްމާނަޔަކީ ކުޑައެތިކޮޅެކެވެ (small substances). އަދި ބައެއް ކޮމެންޓޭޓަރުން ބުނާގޮތުން، ތިންވަނަ މާނަޔަކީ އަނގަޔަށްލައި ހަފައި ލެވޭ ސައިޒުގެ ކުޑަ މަސްކޮޅެކެވެ. ތިރީގައިވާ ތަސްވީރުން ފެންނަނީ އިންސާގެ އަދި ބައެއް އެހެނިހެން ޖަނަވާރުންގެ އެމްްބްރިޔޯތަކެކެވެ. މަހުގެ އެމްބްރިޔޯ ފިޔަވާ ދެންހުރި އެމްބްރިޔޯތައް އެއްގޮތްކަން ކިޔުންތެރިޔާއަށް ފާހަގަކުރެވޭނެއެވެ.
مُضْغَة، މިބަސް ޤުރުއާންގައި ބޭނުންކޮށްފައިވަނީ ސިފަބަޔާން ކޮށްދިނުމަށެވެ. ތިރީގައިވާ ތަސްވީރުގައި އެމްބްރިޔޯ ހުންނަ ބައްޓަމުންނާއި ސޮމައިޓުތައް ފެންނަގޮތުން ދަތުން ހަފާލެވެފައިވާ މަސްކޮޅެއްފަދަ އެއްޗެއްގެ ސިފަޖަހައެވެ. މި 5 މިލިމީޓަރުގެ އެމްބްރިޔޯއަކީ އޭގެ ސިފަ ހަމަލޮލަށް ފެނިގެން ސިފަ ތަފްސީލްކޮށް ބަޔާން ކުރެވޭވަރަށްވުރެ އަދި ކުޑައެއްޗެކެވެ. މިހާހިސާބަށް އަންނައިރު އެމްބްރޮޔޯގައި ސިކުނޑިޔާއި ސްޕައިނަލްކޯޑް (ނާވަސް ސިސްޓަމް) އަދި ހިތާއި އަތާއިފައި އުފެދެން ފަށައެވެ.
28 ދުވަހުގެ އިންސާނާ ( ކާނެގީ ސްޓޭޖް 13)- ސޯސް: embryology.med.unsw.edu.au
ކީރިތި ޤުރުއާންގެ سورة المؤمنون ގެ 14 ވަނަ އާޔަތުގައި މިސްޓޭޖް ބަޔާން ކޮށްފައިވަނީ ތިރީގައިވާ ގޮތަށެވެ. ދިވެހިތަރުޖަމާގައި މާނަ ބަޔާންކޮށްފައިވަނީ ގަނޑު ލޭކޮޅެއްގެ ގޮތުގައިކަން ފާހަގަކޮށްލަމެވެ.
فَخَلَقْنَا الْعَلَقَةَ مُضْغَةً ..
ދެން އެ ގަނޑުލޭކޮޅު، މަސްކޮޅަކަށް ހެއްދެވީމެވެ. (ޤުރުއާން. 23:14)