އިންޕްލާންޓޭޝަންއަށްފަހު (علقة ސްޓޭޖް)
މިމައުޟޫއަށް ލިޔާ ލިޔުންތެރިން ބަޔާން ކުރައްވާގޮތުގައި އަރަބި ޑިކްޝަނަރީ ތަކުގައި علقة ގިނަ މާނަތަކެއް ބަޔާންކޮށްފައިހުރެއެވެ. އޭގެ ފުރަތަމަ މާނަޔަކީ “leech” އެވެ. އަނެއްމާނަޔަކީ “އެލިފައިވާ އެއްޗެކެވެ.” އަދި ތިންވަނަ މާނަޔަކީ”ގަނޑުލޭ” ކޮޅެކެވެ. (ކަރީމް، 2012). ތިރީގައިވާ ތަސްވީރުން ދައްކައިދެނީ ކާނެގީ ސްޓޭޖް 11 (24 ދުވަސް) ގެ އިންސާނެއްގެ އެމްބްރިޔޯ އެކެވެ. މިތަސްވީރުން ފެންނަނީ އެލެކްޓްރޯން މައިކްރޯގްރާމެކެވެ. މިއީ 2.4 އާއި 4.5 މިލިމީޓަރުގެ ސައިޒްގެ އެމްބްރިޔޯއެކެވެ. ފަނިފަދަ ސޫފީގައި ބަދަތައް ހުންނަގޮތައް އެމްބްރިޔޯގެ 13 ޖޯޑު ސޮމައިޓް ވަކިކޮށް ފެނެއެވެ. ސޮމައިޓަކީ އިންސާނާގެ ސްކެލެޓަލް މަސަލް (މަސް) އާއި މައިބަދަ އުފެދުމުގެ ފުރަތަމަ މަރުޙަލާގެ ސެގްމެންޓްތަކެވެ، ފުރަތަމަ ސޮމައިޓް އުފެދެނީ 20 ދުވަހުންނެވެ. ދެން ކޮންމެ ދޮޅުގަޑިއިރަކުން ސޮމައިޓެއް އިތުރުވަމުންގޮސް ގާތްގަޑަކަށް 44 ވަންދެން އުފެދެއެވެ. ބަލާބެލުމަށް ޑޯސަލް ވިއުއިން (މަތިން) ފެންނައިރު އަނގަޔެއްހުރި ދިރޭބާވަތެއްގެ ފަންޏެއްގެ ސިފަޖަހައެވެ.
24 ވަނަދުވަހުގެ އިންސާނާގެ އެމްބްރިޔޯ. ސޯސް- unsw.edu.au
ކުރިންދެންނެވިހެން علقة އެއްމާނަޔަކީ އެލިފައި އެއްޗެކެވެ. ތިރީގައިވާ ކުރެހުމުުން ދައްކައިދެނީ 21 ދުވަހު އިންސާނާގެ އެމްބްރިޔޯއެކެވެ. މި އެމްބްރިޔޯގެ އަމްބެލިކަލް ވެއިންއާއި އާޓަރީ (ކަނެކްޓިންގ ސްޓޯކް) ގުޅިފައި ވަނީ އެކްސްޓްރާ އެމްބްރޮޔޮނިކް މެސޮޑާރމާއި އެވެ.
21 ދުވަހުގެ އިންސާނާގެ އެމްބްރިޔޯ-ސޯސް: anatomynote.com