މިލްކީވޭ ގެލެކްސީ

އިރަކީ ދުނިޔެއަށް ހަކަތަ ލިއްބައިދޭ މައިގަނޑު ވަސީލަތެވެ. އިރާއި ނުލާ ދުނިޔޭގައި, ދިރުންވާ އެއްވެސް އެއްޗަކަށް ދެމިނުހުރެވޭނެއެވެ. އިރާއިއެކު އަޅުގަނޑުމެންގެ މުޅި ސޯލާސިސްޓަމް ނިސްބަތްވަނީ ޔުނިވާރސްގައިވާ އެތައްމިލިޔަން ގެލެކްސީގެތެރެއިން އެއް ގެލެކްސީއަށެވެ. އެއީ “މިލްކީވޭ” އެވެ.

ސެޖިޓޭރިއަސް ކޮންސްޓްލޭޝަން އާއި ދިމާލުން މިލްކީވޭ ފެންނަގޮތް (ބްލޮކް ރޮކް ޑެޒާރޓް، ނެވާޑާ) – ސޯސް: wikipedia.org

މިލްކީވޭއަކީ ސްޕައިރަލް ގެލެކްސީއެކެވެ. ޔުނިވާރސް އުފެދުނުއިރު އުފަންވެފައިވާ، މި ގެލެކްސީގެ ޑައިމީޓަރަކީ ގާތްގަޑަކަށް 100،000 އަލި އަހަރެވެ. އަލި އަހަރަކީ 1 އަހަރުން އަލި ދަތުރުކުރާ ދުރުމިނެވެ. އަޅުގަނޑުމެންގެ އިރާއިއެކު ސޯލާސިސްޓަމް، މިލްކީވޭގެ ކޯގެ ވަށައިގެން 240 މިލިޔަން އަހަރުން ބުރެއް ޖަހައެވެ. (/https://www.wikipedia.org). މިހާ ހިސާބަށް ހޯދިފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި ގެލެކްސީގެ ގިނަ ތަކެއްޗަކީ ޑާރކް މެޓާރ އެވެ. އަޅުގަނޑުމެންގެ ލޮލަށާއި އިނިސްޓްރޫމެންޓް ތަކަށް ޑާރކްމެޓާރ ނުފެނެއެވެ.  ސަބަބަކީ އެލެކްޓްރޯމެގްނެޓިކް ރޭޑިޔޭޝަންއަށް އޭގެ އަސަރުނުކުރާތީ އެވެ. ނަމަވެސް އެއީ ހުންނައެއްޗެއްކަން އެނގެނީ އޭގެ ގްރެވިޓޭޝަނަލް އަސަރު ގެލްކްސީގެ އެހެން ތަކެއްޗަށް ކުރާތީއެވެ.

އެހެން ގެލެކްސީ ތަކެކޭ އެއްފަދައިނ މިލްކީވޭ އުފެދިފައިވަނީ “ޕްރޮޓޯ ގެލެކްޓިކް ކްލައުޑް” ކިޔާ ގޭހުގެ ދުންގަނޑަކުންނެވެ. މި ދުންގަނޑު ގްރެވިޓީގެ ސަބަބުން ގާތަށް ލެފެމުން އައިސް އެންމެފަހުން ވަށައި އެނބުރެންފެށިއެވެ. ނަތީޖާއެއްގެ ގޮތުން މެދަށް ބޮޑުކޮށް ހުރި ދިސްކެއްގެ ސިފަޔަށް މިލްކީވޭ އުފެދުނެވެ. ގްރެވިޓީގެ ސަބަބުން ޑިސްކުގައި ހުރި ގޭސް އެކިތަންތަނަށް ޖަމާވެ ތަރިތަކާއި ތަރިފުނިތައް (ކްލަސްޓާރސް) އުފެދުނެވެ. ދިގުމުދަތެއްގެ ތެރޭގައި މިތަރިތަކާއި ތަރިފުނިތައް ޑިސްކްގެ ތެރޭ އެނބުރި މިހާރު ގެލެކްސީއިން ފެންނަ ސްޕައިރަލް އާމް އުފެދުނެވެ. ވުމާއެކު އަހަރެމެންނަށް ދުނިޔޭގެ ބިމުން މިފެންނަ އުޑަކީ މުޅި މިލްކީވޭ ގެލެކްސީއެވެ. ކިޔުންތެރިއާ މިލްކީވޭ އާއި ބެހޭ ގޮތުން އިތުރަށް ކިއުއްވަން ބޭނުންފުޅުނަމަ ތިރީގައިވާ މަޒްމޫނު ކިޔުއްވާށެވެ. ކީރިތި ޤުރުއާނުގައި އުޑުހެއްދެވިގޮތް سورة فصلت ގެ 11 ވަނަ އާޔަތުގައި ވަނީ ތިރީގައިވާ ގޮތަށެވެ.

ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ ﴿١١﴾

ދެން ދުމެއްގެ ސިފައިގައި އުޑުވަނިކޮށް، އުޑުހައްދަވައި، ފުރިހަމަ ކުރެއްވުމަށް އެކަލާނގެ އިރާދަކުރެއްވިއެވެ. ފަހެ، އެކަލާނގެ އެ އުޑަށާއި، ބިމަށް وحى ކުރެއްވިއެވެ. ރުހުމުގައި، ނުވަތަ ނުރުހުމުގައިވިޔަސް (ފުރާފުރިހަމަވެގެން) އަންނާށެވެ! އެ އުޑާއި ބިން ދެންނެވިއެވެ. ތިމަންމެން ރުހުމުގައި އަތުވެއްޖައީމުއެވެ. (ޤުރުއާން 41:11).

އެންމެ ކައިރި އުޑާއި އެ އުޑު ރައްކާތެރި ކުރެވިފައިވާ ގޮތް

 

މިލްކީވޭ ގެލެކްސީ އެބުރޭގޮތް- ސޯސް: https://aplanetruth.info