ބިގްބޭންގ ތިއަރީ އާއި ޔުނިވާރސް އުފެދުން
މިއަދު އަޅުގަނޑުމެންނަށް މިފެންނަ ތަރިތަކާއި ގެލެކްސީތައް އުފެދުނުގޮތް ބުނެދޭ އެއް ތިޔަރީއަކީ ބިގްބޭންގ ތިއަރީއެވެ، މިތިޔަރީ ބުނާގޮތުން ޔުނިވާރސް އުފެދުނީ ވަރަށް ހޫނު، ކުޑަ އަދި ޑެންސިޓީ ވަރަށްމަތި ވަރުގަދަ ބާރަކުން (ފޯސް އަކުން) އެވެ. އޭރު އެއްވެސް ތަރިއެއް، އެޓަމްތަކެއް އަދި އެއްވެސް ކަހަލަ އޮނިގަނޑެއް (ސްޓރަކްޗާރއެއް) ޔުނިވާރސްގައި އުފެދިފައި ނެތެވެ. މީގެ 13.8 ބިލިޔަން އަހަރު ކުރިން ސްޕޭސް ވަރަށް އަވަހަށް އެކްސްޕޭންޑްވާން ފެށުނެވެ. (ހޯވެލް، 2017). ނަތީޖާއެއްގެގޮތުން އެޓަމްތައް އުފެދި ގެލެކްސީތަކާއި ތަރިތައް އުފަންވިއެވެ.
ހިސްޓްރީ އަދި ޔުނިވާރސްގެ އުމުރު: ސޯސް: wikipedia.org
ޔުނިވާރސް އެކްސްޕޭންޑްވާކަން ރެޑްޝިފްޓް ބޭނުންކޮށްގެ އެސްޓްރޯނޮމާ އެޑްވިން ހަބަލް ހޯދީ 1929 ގައި އެވެ. ޔުނިވާރސްގެ އެކްސްޕޭންޝަން އާއި ބެހޭގޮތުން ކީރިތި ޤުރުއާންގެ سورة الذاريات ގެ 47 ވަނަ އާޔަތުގައި އޮތީ ތިރީގައިވާ ގޮތަށެވެ. ތިރީގައި ވަނީ އެއާޔަތުގެ 3 ފަރާތެއްގެ ތަރުޖަމާއެވެ.
وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ ﴿٤٧﴾
ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުން އުޑު ހެއްދެވީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތަނަވަސްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (ޤުރުއާން 51:47)
-We have built the heaven with might, and We it is Who make the vast extent (thereof). (Quran, 51:47)- Pickthall