5 މައިކްރޯ ނިއުޓްރިއެންޓްސް ލިބޭ ތަކެތި
ގަސްގަހާގެހި ފުރިހަމަ ސިއްހަތެއްގައި ހެދިބޮޑުވެ މަލާއި މޭވާ އެޅުމަށް މައިކްރޯނިއުޓްރިއަންޓްސްއަކީ ވެސް މުހިއްމު އެއްޗެކެވެ. މައިކްރޯ ނިއުޓްރިއަންޓްސް ގެ ތެރޭ ދަނގަޑާއި، ކްލޮރީންއާއި ލޯއާއި ބޯރޯންއާއި މެންގަނީޒްއާއި މޮލިބްޑިނަންއާއި ޒިންކާއި ނިކަލް ފަދަ މާއްދާތައް ހިމެނެއެވެ. މިބާވަތްތަކަކީ މަދު މިންވަރަކަށް ލިބެންޖެހޭ ބާވަތްތަކެވެ.
ދަބަރުން ދަގަނޑު
ދަގަނޑަކީ ފަތުގައި ކްލޮރޮފިލް އުފެއްދުމަށް ބޭނުންވާ މާއްދާއެކެވެ. ވުމާއެކު ދަގަނޑު މަދުވެއްޖެނަމަ ގަސް އިރުގެ އަލިން ހަކަތަ އުފެއްދުމަށް އަސަރުކޮށް، ގަހުގެ ނޭވާލުމަށް އަސަރުކޮށް، ކާބަންޑައި އޮކްސައިޑް، އޮކްސިޖަން އަށް ބަދަލުކުރުމަށް ހުރަސްތަކެއް އެޅެއެވެ. އާންމުކޮށް ވެލީގައި ދަނގަޑު ހުރެއެވެ. ނަމަވެސް ދަގަނޑު މަދުވެ ފަތް ރީދޫވުން ކުރިމަތިވެއެވެ. ބައެއްޤައުމުތަކުގައި ގަސްހައްދާމީހުން ދަބަރުޖަހާފައިވާ ދަނގަނޑު ގަހުގެ ބުޑުގައި ވަޅުލާ ގަހަށް އެކަށީގެންވާ ބަދަލުތަކެއް އަންނަކަން ހޯދާފައިވެއެވެ. އަނެއްގޮތަކީ ދަބަރު ޖަހާފައިވާ މޮހޮރު ފެން އެއްޗަކަށް އަޅައި ދަބަރު ފެނަށް ގިރުމުން ގަހުގެ ބުޑަށް އެޅުމެވެ. ހަޤީގަތަކީ ދަބަރަކީ އަޔަން އޮކްސައިޑް ކަމުގައިވާތީ ދަބަރުކޮޅުކޮޅުން ގަހަށް ދަނގަނޑު ލިބުން އެކަށީގެންވެއެވެ. އެންމެ އާންމުކޮށް ދަނގަނޑު ދޭގޮތަކީ ދަނގަޑު ކުނޑި ފެނަށް ގިރާފައި ގަހުގެ ބުޑަށް ނުވަތަ ކައިރިއަށް އެޅުމެވެ. ބައެއް މީހުން ދަޅުފަދަ އެއްޗިއްސަށް ފެންއަޅާ ބަހައްޓައި އޭގެން އުފެދޭ ދަބަރުފެންވެސް ފަސްގަނޑަށް އަޅައެވެ.
މޫދު ވިނައިން މައިކްރޯ ނިއުޓްރިއަންޓްސް
ގޮނޑުދޮށަށް ލައްގާފައި ހުންނަ މޫދު ވިނަ ދޮވެ ހިއްކުމަށްފަހު ކުދިކުދިކޮށް ނުވަތަ މުގުރާފައި ގަސްގަހަށް ކާނާގެގޮތުގައި ދެވިދާނެއެވެ. މިއީ އޯގަނިކް އެއްޗެކެވެ. މޫދު ވިނަޔައަކީ ވަރަށް ގިނަ ބާވަތްތަކުގެ މެކްރޯ އަދި މައިކްރޯ ނިއުޓްރިއަންޓްސް އެކުލެވިގެންވާ އެއްޗެކެވެ. މިގޮތަށް ސީވީޑް ނުވަތަ މޫދު ވިނަ ނުލިބޭނަމަ މެކްސިކްރޮޕް ފަދަ ސީވީޑް އެކްސްޓްރެކްޓެއް ވެސް ބޭނުންކުރެވިދާނެއެވެ.
6 ނިންމުން
މި މަޒްމޫނުގައި އަޅުގަނޑު ބަލާފައިވަނީ ގަހަށް ބޭނުންވާ ކާނާއަކީ ކޮބައިތޯއާއި އަދި ގަންނަންލިބޭ ކާނާގެ ޕެކެޓްތަކުގައި ހުންނަ ކާނާގެ މިންވަރު ދަނެގަންނާނެގޮތާއި އަދި އަމިއްލައަށް ކޮމްޕޯސްޓް ހަދާނެގޮތުގެ މައްޗަށެވެ. މި މަޒްމޫނު ތިޔަ ކިޔުންތެރިއާއަށް ކަމުދިޔަނަމަ އެހެން ބޭފުޅުންނާއި ހިއްސާކޮށްލަދެއްވާނެ ކަމުގެ އުއްމީދުގައި ނިންމާލަމެވެ.