4 ސެކަންޑަރީ މެކްރޯ ނިއުޓްރިއަންޓްސް ލިބޭ އޯގަނިކް ތަކެތި
ބިސްތޮށިން ކެލްސިއަމް
ބިސްތޮށްޓަކީވެސް ފައިދާހުރި އެއްޗެކެވެ. ބިސްތޮށީގައި ގިނަ މިންވަރަކަށް ކެލްސިއަމް ހުރެއެވެ. އަދި އޭގެ އިތުރުން މަދު މިންވަރެއްގެ ފޮސްފޮރަސްއާއި ޕޮޓޭސިއަމްއާއި މެގްނީޒިއަމްވެސް ވެއެވެ. ތޮށީގެ އެތެރޭހުންނަ ދުލިއަކީ ޕްރޮޓީންގެ ގޮތުގައި ހުންނަ ނައިޓްރިޖަން އެކުލެވިގެންވާ ބައެކެވެ. ބިސްތޮށީގެ އަނެއް ފައިދާއަކީ ފިނިހަކަ ފަންޏާއި ފިނިހަކައިން ގަސް ސަލާމްތްކޮށް ދިނުމެވެ. ވުމާއެކު ކޮމްޕޯސްޓް ހަދާއިރު ބިސްތޮށްޓަކީ ވެސް އެޅިދާނެއެއްޗެކެވެ. ކެލްސިއަމް އަކީ ގަހުގެ އައު މޫ އުފެދުމަށާއި ފަތުގެ ހެދިބޮޑުވުމަށް މުހިއްމު މާއްދާއެކެވެ. އަޅުގަނޑުމެންގެ ގޮހޮރުގެ ސިއްޙަތު ރަގަޅުވުމުން ލިބޭ ފައިދާއާއި އެއްފަދައިން މޫ ރަގަޅުވުމުން ގަހަށްވެސް ފައިދާ ކުރެއެވެ.
ހިތިލޮނުން މެގްނީޒިއަމް
މެގްނީޒިއަމް އަކީ ގަހަށް ބޭނުންވާ މެކްރޯ ނިއުޓްރިއެންޓް (ކާނާ) އެކެވެ. ގަހުގައި ކާނާ އުފެއްދުމަށް ބޭނުންވާ ކްލޮރޮފިލް އަށް ބޭނުންވާ މާއްދާއެކެވެ. އޭގެ އިތުރަށް ގަހަށް ފެހިކަންދީ ގަހުގެ ހެދިބޮޑުވުމަށް އެހީތެރިވާ އެންޒައިމްތައް ހަރަކާތްތެރި ކުރުވައި ގަހުގައި ޕްރޮޓީން އުފެއްދުމަށް އެހީތެރިވެއެވެ. މެގްނީޒިއަމް ގަހަށް ދިނުމަށް ވެއްޔަށް އެޕްސަމް ސޯލްޓް އެޅިދާނެއެވެ. މިއީ ކައްކަން ބަހެއްފަހަރައް ބޭނުންކުރާ ކުޑަ ހިތިކަމެއް ހުންނަ ލޮނުގެ ބާވަތެކެވެ. ދެން އެޅޭނެ އެހެން އެއްޗަކީ ލައިމް ނުވަތަ އުވައެވެ. ނަމަވެސް މިތަކެތި އަޅާއިރު ފަރުވާތެރި ވާންޖެހޭނެއެވެ. ގިނަ މިންވަރަކަށް އެޅިއްޖެނަމަ ގަހަށް ގެއްލުންވެއެވެ. މީގެ ސަބަބުން ވެލީގެ ޕީއެޗް މަތިވެދެއެވެ. މެގްނީޒިއަމް އަކީ ވެލީގައި އެކުލެވިގެންވާ ބާވަތެކެވެ.
އަލިފާން ދަނޑިން ސަލްފާ
ސަލްފާއަކީ ގަހުގައި ހުންނަ ޕްރޮޓީންގައި އެކުލެވިގެންވާ އެމިނޯ އެސިޑްގައި ހިމެނިގެންވާ މާއްދާއެކެވެ. ގަހުގެ މޭވާގެ ރަހަޔާއި ފިޔާއާއި ކެބެޖް ފަދަ ތަކެތީގެ ވަހާއި ސަލްފާއާއި ގުޅުން ވެއެވެ. އޯގަނިކް ވެލީގައި ސަލްފާ އެކަށީގެންވާ މިންވަރަށް ހުރެއެވެ. ނަމަވެސް ފެނާ އެކުވެގެން ވެލިން ދޮވިގެން ދިޔުމަކީ މަައްސަލައެކެވެ. ސަލްފާދޭން އެންމެ ފަސޭހަގޮތަކީ އަލިފާން ދަނޑިތަކެއް ގެ ބަޑިބޭސް ހުންނަ ބައި ބުރިކޮށް ވެއްޔާއި އެއްކޮށްލުމެވެ. ސަލްފާއަކީ ވެލީގެ ޕީ. އެޗް. ވެސް ދައްކޮށްދޭ އެއްޗެކެވެ.