5 ގަހަށް ބޭނުންވާ ކާނާ މަދުވުމުގެ މަސައްސަލަ ހައްލުކުރާނެގޮތް

ގަހަށް ބޭނުންވާ ކާނާ އެކުއަޕޯނިކްސް ސިސްޓަމްގައި ދެނީ މަހެވެ. ނަމަވެސް ސިސްޓަމްގައި ނިއުޓްރިއަންޓްސް މަދުވެއްޖެނަމަ ސިސްޓަމަށް ނިއުޓްރިންޓްސް ދޭންޖެހެއެވެ. ނޫންނަމަ ގަހުގެ ހެދި ބޮޑުވުމަށް ނޭދެވޭ އަސަރުކުރެއެވެ. އެކުއަފޯނިކްސް ސިސްޓަމަކަށް ބޭނުންވާ މައިގަނޑު ނިއުޓްރިއަންޓްސް އަކީ ނައިޓްރިޖަން، ފޮސްފޮރަސް، ޕޮޓޭސިއަމް، ކެލްސިއަމް، ސަލްފާ އަދި މެގްނީޒިއަމް އެވެ. މީގެ އިތުރުން ގަހަށް ބޭނުންވާ ޓްރޭސް އެލެމްންޓްސް ތަކެއްވެއެވެ. އެއީ ބޯރޯން، ކްލޮރައިޑް، ކޮޕާ، ޒިންކު، މޮލިބްޑިނަމް، ދަގަނޑު އަދި މެންގަނީޒް އެވެ. ތިރީގައިވަނީ އެކުއަޕޯނިކްސް ސިސްޓަމްތަކުގައި ދިމާވާ މައިގަނޑު ޑެފިޝިއަންސީ ތަކެވެ. ފިގާރ 5.0.1 ގައިވާ ބާވަތްތަކަކީ އާންމުކޮށް ޑެފިޝިއަންސީ ހައްލުކުރަން ބޭނުން ކުރާތަކެއްޗެވެ.

 

ފިގާރ 5.0.1: ކެލްސިއަމް ކްލޮރައިޑް، ޗިލޭޓެޑް އަޔަން އަދި މެކްސިކްރޮޕް

5.1 ދަގަނޑު: ދަގަނޑު މަދުކަން ވަރަށް ސާފުކޮށް ގަހަށް ބެލުމުން ފާހަގަވާނެ އެވެ. ފަތް ރީދޫވާނަމަ ދަނގަނޑު ބޭނުންވާ މިންވަރަށް ނުލިބެނީއެވެ. ވުމާއެކު ގަހަށް ބޭނުންކުރެވޭނެ ފަދަ ގޮތަށް ހުންނަ ދަނގަޑު ސިސްޓަމަށް އަޅަންޖެހެއެވެ. މިގޮތުން Fe-DTPA ފަދަ “ޗިލޭޓެޑް އަޔަން” ބޭނުންކުރެވިދާނެ އެވެ. އާންމުކޮށް ކޮންމެ ލީޓަރަކަށް 2 މިލިގްރާމް ގެ މިންވަރަށް މަސްޓޭންކަށް އެޅުމުން ރަގަޅުވާނެއެވެ. 

 

ފިގާރ 5.1.1: ދަގަނޑު މަދުވެގެން ފަތްރީދޫވެފައިވާ ގަސްތަކެއް

5.2 ޕޮޓޭސިއަމް: ޕޮޓޭސިއަމް މަދުވުމުން ގަހުގެ ފަތްތައް ރީދޫވެ މުށި ކުލަޔަކަށް ބަދަލުވެ ފަތުގެ އަރިމަތި އަނދައިފައި ހުންނަގޮތަށް ފެނެއެވެ. އޭގެއިތުރުން ފަތް ގޮނިވެއެވެ. ޕޮޓޭސިއަމް މަދުވުމުން ގަހުގެ މޫ ރަގަޅަށް ނުހެދި ބަލިތަކުން ދުރުވުން ކުޑަވެއެވެ. އެއްގޮތަކީ ސިސްޓަމުގައި ހުންނަފެނަށް ސަޕްލިމެންޓެއް އެޅުމެވެ. އަނެއްގޮތަކީ ގަހުގެ ފަތްތަކަށް ސްޕްރޭކުރުމެވެ. ބައެއްމީހުން މެކްސިކްރޮޕްފަދަ ސީވީޑް އެކްސްޓެރެކްޓް އެއް ފެނަށް ގިރާފައި ކަނޑައެޅިފައިވާ މިންވަރަށް ގަސްހައްދާ ބެޑަށް ސްޕްރޭކުރެއެވެ. މެކްސިކްރޮޕް (Maxicrop) ދިޔާ ސީވީޑްގައި 70 މިނަރަލް، މައިކްރޯނިއުޓްރިއަންޓްސް، އެމިނޯ އެސިޑް އަދި ވިޓަމިންސް ވެއެވެ.

ފިގާރ 5.2.1: ޕޮޓޭސިއަމް މަދުވެފައިވާ ގަސްތަކެއް  

5.3 މެގްނީޒިއަމް: މެގްނީޒިއަމްއަކީ ފަތުގައި ކްލޮރޮފިލް އުފެއްދުމަށާއި ގަހުގައި ހޯމޯން އުފެއްދުމަށް ބޭނުންވާ މާއްދާއެކެވެ. މެގްނީޒިއަމް މަދުނަމަ ކުރީގެ ފަތާއި ތިރީގެ ފަތްތަށް ރީނދޫވާން ފައްޓައެވެ. އަދި މުށި ކުލައިގެ ލައްލައް ޖެހިފައި ހުރެއެވެ. މެގްނީޒިއަމް ގަހަށް ދެވޭނެ ގޮތްތަކެއް ހުރެއެވެ. އެއީ މައްސަލަ ހައްލުވަންދެން ކޮންމެ 1000 ގިލަން ފެނަށް 1 އައުންސް އެޕްސަމް ސޯލްޓް މަސްޓޭންކަށް އެޅުން ނުވަތަ މި މިނަށް ފެނަށް ގިރައި ފަތަކަށް ސްޕްރޭކުރުމެވެ.

ފިގާރ 5.3.1: މެގްނީޒިއަމް މަދުވެފައިވާ ގަސްތަކެއް

5.4 ކެލްސިއަމް: ކެލްސިއަމް މަދުވުމުގެ އެއް ސަބަބަކީ އެކުއަޕޯނިކްސް ސިސްޓަމުގައި އެކަށީގެންވާ މިންވަރަށް ކެލްސިއަމް ނެތުމެވެ. އަދި ބައެއްފަހަރު މެގްނީޒިއަމް އާއި ޕޮޓޭސިއަމް ފެނުގައި ގިނަވުމުންވެސް ގަހަށްނަގާ ކެލްސިއަމްގެ މިންވަރު ދަށްވެއެވެ. ތިންވަނަ ސަބަބަކީ އެކަށީގެންވާ މިންވަރަށް ގަސްތައް ހުންނަ ސަރަހައްދަށް ވައި ދައުރު ނުކުރުމާއި ޖައްވުގެތެރެއަށް ފެން ދޫކުރަންޖެހޭ މިންވަރަށް ގަސް ފެން ދޫނުކުރުމެވެ. ނަތީޖާއެއްގެ ގޮތުން ގަަހަށް ފެން ނުނެގުމުގެ ސަބަބުން އެފެނާއި އެކު ބޭނުންވާ މިންވަރަށް ކެލްސިއަމް ގަހަށް ނުނެގުމެވެ. ކެލްސިއަމް މަދުނަމަ ފަތްތަކުގެ ކައިރިއާޢި ފަތްތަކުގެ ކޮޅު ކަޅުވެއެވެ. އެންމެފުރަތަ އަލަށްފަޅާ ކުރިތަކަށް އަސަރުކުރެއެވެ. ބައެއް ފަހަރަށް އަލަށް ފަޅާ ފަތްތައް ގޮނިވެއެވެ. އަދި މޫތަކުގެ ކުލަބަދަލުވެ ފާ ވެއެވެ. އަނެއްބައިފަހަރު އަޅާ މޭވާ ގަހުގައި އިނދެގެން ހަލާކުވެއެވެ. 

ފިގާރ 5.4.1: ކެލްސިއަމް މަދުވެފައިވާ ގަސްތަކެއް

ކެލްސިއަމް މަދުވުމުގެ މައްސަލަ ހައްލުކުރަން ކުރެވިދާނެ ކަންތައްތަކެއް ވެއެވެ. އެއް ކަމަކީ ކެލްސިއަމް ކްލޮރައިޑް ފޯލިއާ ގަހަށް ދިނުމެވެ. މިގޮތުން ޓޮމާޓޯ ފަދަ ގަސްގަހަށް 1 ގިލަން ފެނަށް 4 ސަމުސާ އެޅުމެވެ. ފުތަމަ ކޮންސަންޓްރޭޝަށް ދައްކޮށް ގަހަށް އަންނަ ބަދަލަށް ބަލައި ކޮންސަންޓްރޭޝަން އިތުރުކުރުން ބުއްދިވެރިއެވެ. މިގޮތުން ގްރޯ ބެޑަށް ވެސް ސްޕްރޭ ކުރެވިދާނެއެވެ. ނުވަތަ މަސް ޓޭންކަށްވެސް އެޅިދާނެއެވެ. ސިސްޓަމް pH ނިއުޓްރަލްނަމަ މޫ ހުންނަސަރަހައްދަށް ޗިލޭޓެޑް ކެލްސިއަމްވެސް އެޅިދާނެއެވެ.