އެލްގްޒެންޑަރ ދަ ގްރޭޓް
މުޙައްމަދު ޖަމީލް -4 އޯގަސްޓް 2021، 17:30
 
އެލެގްޒެންޑާ ދަގްރޭޓަކީ ކުރީގެ މެސިޑޯންގެ(Macedon) ރަސްކަލެކެވެ. ވެރިކަންކޮށްފައިވަނީ މީލާދީ ތާރީޙުގެ ކުރިން 330 އަަހަރާއި 323 އާއި ދެމެދުއެވެ. އުމުރުން 20 އަހަރުގައި ބައްފަގެ ފްލިޕް 2 ގެ ރަސްކަން ލިބުނެވެ. އެލެގްޒެންޑާއަށް އުގަންނަވައި ދެއްވީ މަޝްހޫރު މެސިޑޯނިއަން ފިލޯސޮފާރ އަދި ޕްލެޓޯ (Plato’s)ގެ ދަރިވަރު އެރިސްޓޯޓަލް (Aristotle) އެވެ. އޭނާގެ ޙަޔާތުގެ ގިނަދުވަސްތައް ހޭދަކޮށްފައިވަނީ ހުޅަނގު އޭޝިޔާއާއި އުތުރު އެފްރިކާ ހިއްޕެވުމުގެ ހަނގުރާމަތަކުގައެވެ. ނަތީޖާއެއްގެ ގޮތުން ގްރީސް އިން ހުޅަނގު އުތުރު އިންޑިޔާއާއި ހަމަޔަށް އޭނަގެ ވެރިކަން އޮތްދުވަސްވަރެއް ދިއައެވެ. އަދި 334 ބީ.ސީ ގައި ފާރިސްކަރައިގައި އޮތް އަޗޭމެނިޑް އެމްޕަޔާރ  ( Achaemenid Empire) މައްޗަށް ގަދަވެ އޭނާގެ ވެރިކަން އެޑްރިއަޓިކް ކަނޑުން (Adriatic Sea) ބީސް ކޯރާއި (Beas River) ހަމަޔަށް އިތުރުކުރިއެވެ. ބުނެވޭގޮތުގައި އޭނާގެ ބާރުފޯރާ ސަރަހައްދުތަކުގިވާ 20 ވަރަކަށް ސިޓީގެ ނަން އޭނާގެ ނަމަށް ނިސްބަތްކޮށް ދީފައިވެއެވެ. މިގޮތުން އެންމެ ޚާއްސަކޮށް ފާހަގަކޮށްލެވެނީ މިސުރުގެ އެލެގްޒެންޑްރިއާއެވެ. ނަތީޖާއެއްގެ ގޮތުން މީލާދީން 323-332 ބީ.ސީ އާއި ދެމެދު މިސުރުގެ ފިރުއައުނަކީވެސް އޭނާއެވެ. މީލާދީން 323-330 ބީ.ސީ. އަށް ފަރިސްކަރައިގެ ރަސްކަލަކީވެސް އޭނާއެވެ. އަދި 323-331 ބީ.ސީ ގައި އޭނައަކީ ލޯޑް އޮފް އޭޝިޔާއެވެ. ޢަރަބިކަރަ ހިފުމަށް މަސައްކަތްކުރަން ފެށި ހިސާބުން އޭނާމަރުވެފައިވަނީ އުމުރުން 32 އަހަރުގައި އޭނާގެ ރަސްކަމުގެ ސަރަހައްދުތަކުގައި ހިގައިދިޔަ އެތެރޭގެ ހަމަނުޖެހުން (ސިވިލްވޯ) ގެ ސަބަބުންނެވެ.
 
އެލްގްޒެންޑާރ ދަ ގްރޭޓްގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތައް: ސޯސް: ބްރިޓާނިކާ
 
އޭނާގެ ދުވަސްވަރުގައި މެސިޑޯންގައި ބޭނުންކުރިފައިސާ ފޮތީގައި (ލާރީގައި) އޭނާގެ ބޮލުގައި ދެދަޅު ހުންނަތަން ފެނެއެވެ. މި ދެދަޅާއި މެދު ތާރީޚް ދިރާސާކުރާ ފަރާތްތަކުން ދެގޮތަށް ކިޔާހަދައެވެ. މި ދެ ދަޅު ( horns of Ammon) ރަމްޒުކޮށްދެނީ ދުނިޔޭގެ އިރާއި ހުޅަނގުމަކަށް ބައެއް ޢިލްމުވެރިން ދެކެއެވެ. އަމޮން () އެއް ލަގަބަކީ “ދެ ދަޅުގެ ވެރިޔާ” އެވެ. އެލެގްޒެންޑާގެ ބޮލުގައިވާ ދެ ދަޅު ރަމްޒުކޮށްދެނީ 332 ބީ.ސީ ގައި އޭނަ މިސުރު ފަތަހަކުރުމުން “އަމޮން ކަލާނގެ ދަރިކެއްގެ” އިއްޒަތް އެރުވުމުންނެވެ. ޒިއަސް-އަމޮން އަކީ ގްރީ ފްލޯކްވާހަކަތަކުގައިވެސް ހިމެނޭ ކަލެކެވެ. އޭނާއަކީ ދުނިޔޭގައި އެދުވަސްވަރު އުޅުނު ގަދަފަދަ ރަސްކަލެއް ކަން ކަށަވަރެވެ. އޭގެ އެނެމެބޮޑު ހެއްކަކީ އޭނަގެދުވަސްވަރު ފަތަކަ ކޮށްފައިވާށ ޤައުމުތަކާއި އޭނާގެ ނަމަށް ނިސްބަތްވާ ގިނަ ސިޓީތަކެވެ. ތާރީޚީ އަދި އާކިޔޮލޮޖިކަލް ރެކޯޑްތަކަށް ބަލާއިރު އެލްގްޒެންޑާގެ ޤަަމުގެމީހުންގެ (މެދިޑޯންގެ) މީހުންގެ ގިނަ ކަލާނގެ ތަކަކީ އެދުވަސްވަރުގެ އަވަށްޓެރި އެތީނިއަނުން (ގްރީކް) މީހުންވެސް އަޅުކަން ކޮށް އުޅުނު ކަލާމގެތަކެވެ. ހަނގުރާމައިގައި ލިބޭކާމިޔާބުފާހަގަކުރުމަށް ގްރީކް އުޑުގެ ކަލާންގެ، ވިދުމާއި ގުގުރުމުގެ ކަލާނގެއަށް އެލެގްޒެންޑާ ގުރުބާންކޮށްފައިވާކަން ތާރީޚުން އެގެއެވެ. އަދި އޭނާ ޤަބޫލުކުރަމުންދިޔައީ އަކީ އޭނާއަކީ ޒިއަސްގެ ދަރިކަލެއްކަމުގައެވެ. އަދި ހަނގުރާމައިގައި އޭނާއަށް ލިބޭ ފަތަހައާއި ވެރިކަމަކީ އޭނާގެ ނަސީބު ކަމުގައެވެ. ވުމާއެކު ޒުލްޤަރުނައިނި އަކީ އެލްގްޒެންޑާރ ކަމުގައި ނިންމަން އަޅުގަނޑަށް ދަތިއެވެ. 
 
އެލެގްޒެންޑާރގެ ވާހަކަ އުފެދިގެން އައިގޮތް
ބުނެވޭ ގޮތުގައި އެލެގްޒެންޑާރގެ ހެޑްކުއާޓަރުތަކުގައި ތާރީޚީ ރެކޯޑްތައް ބަލަހައްޓާ ޔުނިޓްތަކުން އެލެގްޒެންޑްރާ ހިންގާ އެކެކިކަންކަމުގެ ރެކޯޑްތައްލިޔެ ކަލިސްތަނީޒް (Callisthenes) އަށް (ރަސްމީ ތާރީޚް ބަލަހައްޓާ ފަރާތް) އެރުވިއެވެ. މީގެ އިތުރަށް  ޕްޓޯލޮމީ ( Ptolemy) އާއި  ކްލެޓާކަސް (Cleitarchus) ފަދަ މީހުންވެސް ތާރީޚް ލިޔުއްވަމުން ގެންދެވިއެވެ. މިރެކޯޑްތަކުގެ އެހީގައި ކަލިސްތީން އެލެގްޒެންޑާރ އާއި ބެހޭގޮތުން ފޮތެއް ލިޔުއްވިނަމަވެސް އެފޮތްވަނީ ވީނުވީތަނެއްނޭގެ ގެއްލި ފައެވެ. މިއަދު އަޅުގަނޑުމެންނާއި ހަމަޔަށް އައިސްފައި އެލެގްޒެންޑާރ ގެ ވާހަކަތަކަކީ ދެވަނަ ޖަނެރޭޝަންގެ ތާރީޚީ ލިޔުންތެރިންގެ ލިޔުންތަކާއި އެހެނިހެން މީހުން އެލެގްޒެންޑާ އަވަހާރަވުމަށްފަހު ލިޔެފައިވާ ލިޔުންތަކެވެ، އެއީ އެލެގްޒެންޑާރ އަވަހާރަވުމަށްފަހު ޖެހިިގެންއައު ޤަރުނު (300 އަހަރު) ތެރޭ ލިޔެފައިވާ ލިޔުންތަކަކަށް ބިނާވެފައިވާ މައުލޫމާތެވެ. ހިސްޓޯރިއާ އެލެގްޒާންޑްރީ މެގްނީ (އެލްގްޒެންޑްރާ ދަ ގްރޭޓްބަޔޯގްރަފީ) ލިޔެފައިަނީ ރޫމީންގެ ތާރީޚީ ޢިލްމުވެރިއެއްކަމުގައިވާ ކުއިންޓަސް ކާޝިއަސް ރޫފަސް މީލާދީން ފުރަތަމަ ގަރުނުގަ ލެޓިން ބަހުންނެވެ. މިފޮތުގައިވެސް ބައެއް ޗެޕްޓަރުތަކާއި އެކި ޗެޕްޓަރުތަކުން ބައިތައްވެސް އުނިވެފައިވެއެވެ. އެދުވަސްވަރުން ފެށިގެން އެކިއެކި ލިޔުންތެރިންގެ ޅެމާއި ވާހަކައިގެ ގޮތުގައި އެލްގްޒެންޑްރާގެ ވާހަލަތައް ލިޔެ އަދި ދޫދޫމަތިން ކިޔަމުންގޮސްފައިވެއެވެ. މެޑެޓެރެނިއަން އަދި މެދު އިރުމަތީގެ ސަޤާފަތްތަކުގައި “އެލެގްޒެންޑާ ރޮމެންސް” ގެ ނަމުން އެލެގްޒެންޑާރގެ ވާހަކަތައް މަޝްހޫރުވެފައިވެއެވެ. އެލެގްޒެންޑާ ރޮމެންސް (އަލްފާ ރިސެންޝަން) ލިޔެފައިވަނީ  މިސުރުގެ އެލެގްޒެންޑްރިޔާ ގައި ގްރީކްބަހުންނެވެ. މިފޮތަކީ 4 ބަހަކުން ލިޔެފައިވާ 80 ތަފާތުފޮތްތަށް އަސްލަށް ބަލައިގެން ލިޔެފައިވާ ފޮތެއް ކަމަށްވެއެވެ. އަދި އޭގެ ފަހުން ލެޓިން ބަހަށް Res gestae Alexandri Magni ނަމުގައި އަދި ސީރިޔާބަހުގެ ޓްރާންސްލޭޝަންތަކުން (އަރަމައިކް) އަރަބިބަހަށް ޤިސަސް އަލް ޒުލްޤަރުނައިނި ނަމުގައި އަދި ފާރިސީބަހަށް އިސްކަންދަރުނާމާގެ ނަމުގައި ތަރުޖަމާކުރެވިފައިވެއެވެ. އެލްގްޒެންޑާ އާއި ބައިބަލްގައިވާ ގޮގް އެންޑް މެގޮގް ގުޅުވައިގެން ފުރަތަމަ ލިޔުނީ ރޫމީންގެ ބާރު ދުނިޔޭގައި އޮތް ދުވަސްވަރުއެވެ. އަދި އިސްލާމްދީން އައުމަށްފަހު ޤުރުއާންގައި ވާ ޒުލްޤަރުނައިނި އަކީ އޭނާކަމުގައި ބައެއް އިސްލާމީ ޢިލްމުވެރިން ވެސް ލިޔުއްވަމުން ގެންދެވިއެވެ. 
 
އެލްގްޒެންޑާރ ގޭޓްސް އާއި ފާރު ކަމަށްބުނާ ތަންތަނަކީ މާފަހުގެ ތަންތަން
 ގޭޓްސް އޮފް އެލެގްޒެންޑާރ އަކީ ކޮއުކަސަސް ފަރުބަދަތަކުތެރޭ އޭނާ ބިނާކުރިކަމަށް ބުނާ ހުރަހެކެވެ. އެއީ އެފަރުބަދަތަކުގެ އުތުރުގައި އުޅޭ ނާތަހުޒީބް (ގޮގް އެން މެގޮގް) މީހުން ފަރުބަދައިގެ ދެކުނުގައިވާ ބިންތަކަށް އަތްގަދަ ވިޔަ ނުދިނުމުގެ ގޮތުންނެވެ. މިގޭޓްގެވާހަކަ އެކިއެކި ސައްޔާހުންގެ ލިޔުންތަކުންވެސް ފެނެއެވެ. ޚާއްސަކޮށް 7 ވަނަގަރުނުގެ ފަހުންނެވެ. ކޯކަސަސް ފަރުދަތަކަކީ ކެސްޕިއަންސީ އާއި ބްލެކްސީއަށް ދެމެދު ހުންނަ، ޔޫރަޕާއި އޭޝިޔާ ވަކިކޮށްދޭ ބޯޑަރެކެވެ. މި އުސް އަދި ކަތި ފަރުބަދަތައް ހުރަސްކުރެވޭ ދެ ސަރަހައްދެއްވެއެވެ. އެއް ތަނަކީ މިހާރުގެ ރިޕަބްލިކް އޮފް ޑެގިސްތާންގެ 3 ކިލޯމީޓަރުގެ ހަނި ޑާބެންޓް (دربند) އެވެ. އަނެއްތަނަކީ ރަޝިއާއި ޖޯޖިޔާ ދެމެދު އޮންނަ ގޯޖް ( ފެންކޯރެއް އެކުލެވިގެންވާ، ވާދީއެެއް) އެކެވެ. ފަހުން މިދެންނެވިތަން ނިމިފައި އިންނަނީ ހުޅަނގުން ކެސްޕިއަން ސީ އަށެވެ. ބައެއް މީހުން ކިޔާގޮތުން މި މަގުގެ އިރުއުތުރު އައްސޭރީގައި ހުންނަ ގްރޭޓް ވޯލް އޮފް ގޯގަން (ރެޑް ސްނޭކް/سد اسکندر) އަށް ބައެއް މީހުން އެލެގްޒެންޑާރގެ ވޯލްއޭ ކިޔައެވެ. އާކިޔުލޮޖިކަލް އަދި ސައިންޓިފިކް ހެކިތަކަށްބަލާއިރު މިހާރު ފެންނަން ހުރިބައި އެއީ ފާރިސްކަރައިގައި ވެރިކަން ކުރި ސަސާނިއަނުން މީލާދީން 5 ވަނަ ޤަރުނާއި 6 ވަނަ ގަރުނުގެ ކުރީކޮޅު ބިނާކުރި ފާރެކެވެ (ނޮކަންޑޭ އާއި ބައިވެރިން، 2006). އެއީ އުތުރުން އަންނަ ފޭރޭމީހުންނާއި ނޮމޮޑުންގެ ކިބައިން ސަސާއިނުންގެ ރަށްތަކާއި ބިންތައް ހިމާޔަތް ކުރުމަށް ހަދާފައިވާ ފާރުގައި 30 ކޯއްޓޭވެއެވެ. އަޅުގަނޑު މިދެންނެވި މަގުތައް ބަންދުކޮށް ރޫމީންނާއި ފާރިސީން ގެ އަތްދަށުގައި މިސަރަހައްދުއޮތް ދުވަސްވަރު އެބައިމީހުން މިމަގުތައް   ކޮންޓްރޯލް ކުރަމުން ގެންގޮސްފައިވެއެވެ. މިގޮތުން 23-79 އާއި ދެމެދު ރޫމީންގެ ތާރީޚް އިލްމުވެރިއެއް ކަމުގައިވާ ޕްލީނި ދި އެލްޑާ ލިޔުއްވާފައިވާ ގޮތުން ކޮއުކޭސިއަން ގޭޓްސް އަކީ ފަރުބަދަ ތަކުގެ ތެރޭގައި މެދުކެނޑިފައިވާ ތަންތަނުގައި ލަކުޑިއާއި ދަނގަނޑުން ހަދާފައިވާ ގޭޓްތަކެކެވެ. މިދޮރުތަކުގެ މެދުން އަދި ދަށުން ނުބައިވަސްދުވާ ފެންކޯރެއް (ސަލްފާ ހިމެނިގެންވާ) ހިނގައެވެ.  
 
 
ފަހަކަށް އައިސް ޒުލްޤަރުނައިނިއާ ބެހޭ ގޮތުން ލިޔުއްވާ ގިނަލިޔުންތެރިން ޒުލްޤައުނައިނިއަކީ އެލްގްޒެންޑާ ނޫންކަމަށާއި އެއީ ފާރިސްކަރައިގެ ރަސްގެފާނު ސައިރަސްދަ ގްރޭޓްކަމަށް ލިއުއްވައެވެ. މި މައުޟޫއުއަށް އަޅުގަނޑު ލިޔެފައިވާ ތިރީގައި މަޒްމޫނު ކިއުއްވުން ކިހިނެއްތޯއެވެ؟